logoEN
WAMCO TOP 1
ގޭންގުހަދައިގެން ރަށުތެރޭގެ އަމަންނަގާލަމުން އައި އައުން މިހާރު ބޮޑުތަނުން ކޮންޓްރޯލް ކުރެވިއްޖެ - އިހްސާން

ގޭންގުހަދައިގެން ރަށުތެރޭގެ އަމަންނަގާލަމުން އައި އައުން މިހާރު ބޮޑުތަނުން ކޮންޓްރޯލް ކުރެވިއްޖެ - އިހްސާން

އަހުމަދު ޝުރާއު

logo

6/28/2026, 6:34:00 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ގޭންގުހަދައިގެން ރަށުތެރޭގެ އަމަންނަގާލަމުން އައި އައުން މިހާރު ބޮޑުތަނުން ކޮންޓްރޯލް ކުރެވިފައިވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

މިނިސްޓަރު މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން،ނެވެ.

އެގޮތުން ގޭންގުހަދައިގެން ރަށުތެރޭގެ އަމަންނަގާލަމުން އައި އައުން މިހާރު ބޮޑުތަނުން ކޮންޓްރޯލް ކުރެވިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވަނީ މިއީ މުޖުތަމައުގެ ހަމަޖެހުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ހާސިލުކުރި ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވެފައި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ކުރިއަށް އޮތް އަހަރުގެ މައިގަނޑު ސްޓްރެޓެޖީއަކީ ހަމައެކަނި ކުށްތައް ހުއްޓުވުމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ކުށުގެ މާހައުލުގައި ހަރަކާތްތެރިވަމުން އަންނަ ކުދިން އެ ނުރައްކާތެރި ދާއިރާއިން ދުރުކޮށް، މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުން ކަމަށެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ "ސިކުނޑިއާއި ނަފްސު ތަރައްޤީކުރުމުގެ" ސިޔާސަތުގެ ދަށުން، އެފަދަ ކުދިންނަށް އަލުން އަނބުރާ މުޖުތަމައުގައި އަބުރުވެރިކަމާއިއެކު އުޅެވޭނެ މަގު ފަހިކޮށްދިނުމަށް ފުލުހުން ޚާއްސަ އިސްކަމެއް ދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފާއިތުވީ އަހަރަކީ މަސްތުވާތަކެތީގެ ވިޔާފާރިކުރާ ފަރާތްތަކަށް ޓާގެޓްކޮށްގެން ފުލުހުން ކުރި މަސައްކަތްތަކުން ބޮޑެތި ކާމިޔާބީތަކެއް ހޯދި އަހަރެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި މި މަސައްކަތްތައް އިތުރު ގިއަރަކަށް ބަދަލުކޮށް، ގޭންގުތަކާއި މަސްތުވާތަކެތީގެ ނެޓްވޯކުތަކާ ދެކޮޅަށް މިހާރަށްވުރެ ވަރުގަދަ އަދި ފުރިހަމަ ނަތީޖާއެއް ނެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC