logoEN
WAMCO TOP 1
ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑަރ: ކުށުގެ މާހައުލު ވަގުތުން މޮނިޓަރ ކުރަން ފުލުހުން ޑްރޯން ޚިދުމަތް ތައާރަފްކުރަނީ

ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑަރ: ކުށުގެ މާހައުލު ވަގުތުން މޮނިޓަރ ކުރަން ފުލުހުން ޑްރޯން ޚިދުމަތް ތައާރަފްކުރަނީ

އަހުމަދު ޝުރާއު

logo

6/28/2026, 6:22:25 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ޒަމާނީ ކުށްތަކާއި ސައިބަރ ކްރައިމް ފަދަ ގޮންޖެހުންތަކަށް ފުލުހުންގެ މުއައްސަސާ ތައްޔާރުކުރުމަށްޓަކައި އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ހާމަކުރައްވައިފި އެވެ.

THE TRAVELLER AD

މިރޭ ބޭއްވި ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި އިހްސާން ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި "ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑަރ" ޚިދުމަތް ރާއްޖޭގެ ފުލުހުންގެ ޚިދުމަތަށް ރަސްމީކޮށް ތައާރަފްކުރެވިގެންދާނެ ކަމަށާއި މި ޚިދުމަތަކީ ފުލުހުންގެ މަސައްކަތްތައް އަވަސްކުރުމަށާއި ކުށް ހިނގާ ސަރަހައްދުތައް ވަގުތުން މޮނިޓަރ ކުރުމަށް ފެށޭ މުހިންމު މަޝްރޫއެއް ކަމަށެވެ.

އެގޮތުން މި ޚިދުމަތުގެ ސަބަބުން، ކަމެއް ހިނގައިގެން ރިޕޯޓްކުރުމާއެކު ފުލުހުންގެ ޑްރޯން އެ ސަރަހައްދަކަށް ގޮސް، ތަނުގެ ހާލަތު ކޮމާންޑް ސެންޓަރަށާއި އެޓެންޑްވާ އޮފިސަރުންނަށް ވީޑިއޯގެ ޒަރިއްޔާއިން ވަގުތުން ފޮނުވަމުންދާނެ ކަމަށާއި އެއްގަމުގެ ޓްރެފިކާއި އަދި ކަނޑު ހުރަސްކޮށް ޚިދުމަތްފޯރުކޮށްދޭން ދާންޖެހޭ ހާލަތުގައި ފުލުހުން އެހިސާބަށް ދިއުން ލަސްވިޔަސް، ޑްރޯންގެ އެހީގައި ވަގުތުން އެތަނެއްގެ ހާލަތު ދެނެގަނެވި، މިހާރަށްވުރެ އެފިޝިއެންޓްކޮށް ޚިދުމަތް ދެވޭނެ މަގު ފަހިވެގެންދާނެކަމަސެވެ.

މީގެ އިތުރުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަރޖެންސީ ރެސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށް "ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓް" ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަން ވަޒީރު ހާމަކުރެއްވި އެވެ.

އެގޮތުން މި ސިސްޓަމް އަޕްގްރޭޑްވުމުން، އެހީއަށް އެދި ގުޅާ ފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވި، އެ ސަރަހައްދެއްގައި ހަރުކުރެވިފައިވާ ކެމެރާތަކުގެ ފީޑްތައް ވަގުތުން ސިސްޓަމުން ފެންނަން ހުންނާނެއެވެ.

މި ހުރިހާ ޓެކްނޮލޮޖީއެއް ހޮސްޓްކުރުމަށްޓަކައި އެއްމެ ޒަމާނީ ޑޭޓާ ސެންޓަރެއް ބިނާކުރުމުގެ އަމަލީ މަސައްކަތްވެސް މިހާރު ވަނީ ފެށިފައެވެ.

ވަޒީރު ވިދާޅުވީ، މިކަންކަން ނިމިގެންއަންނައިރު ދިވެހި ފުލުހުން ރައްޔިތުންނަށް ދެއްވަމުންގެންދަވާ ޚިދުމަތް އެތައްގުނައަކަށް ފުރިހަމަވެ، ކުށްކުރުން މަދުކުރުމަށް ކުރާ މަސައްކަތަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC