
-
މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގު، މަޖީދީމަގުގައި މިހާރު ހަދަމުންދާ އިމާރާތެއްގެ މަތިން ދެ މީހަކު ތިރިއަށް ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ވެއްޓުނު ދެ މީހުންނަށްވެސް މިހާރު ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އިމާރޖެންސީ ރޫމްގައި ފަރުވާ ދެމުންނެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ތިބި މަންޒަރު ދުށް ބައެއް މީހުން "ގާފު" އަށް މައުލޫމާތު ދިން ގޮތުގައި، އިމާރާތުގެ މަތިން ވެއްޓުނު ދެ މީހުންގެ ތެރެއިން އެކަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. އަދި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުންނާއި އެތަނުގެ މަސައްކަތްތެރިން ގުޅިގެން، ލަސްނުކޮށް އެ ދެ މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އިމާރާތުން ވެއްޓުނީ ބިދޭސީ މަސައްކަތްތެރިންތަކެއް ކަމެއް ނުވަތަ ދިވެހިންނެއް ކަމެއް އަދި ސާފެއް ނުވެއެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

މާލޭގެ އިމާރާތަކުން ދެމީހަކު ވެއްޓިގެން ފަރުވާދެނީ

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ހިނގި ބޮޑު ހަމަނުޖެހުމަކާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި؛ ބަނގުރާ ފުޅިތަކެއްވެސް ފެނިފައިވޭ!

މުލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި




