
ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ހިނގި ބޮޑު ހަމަނުޖެހުމަކާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި؛ ބަނގުރާ ފުޅިތަކެއްވެސް ފެނިފައިވޭ!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގެ ތެރޭގައި މިއަދު ހެނދުނުގެ ވަގުތެއްގައި ބޮޑު ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ގޮސް ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހާމަކުރެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު (27 ޖޫން 2026) ގެ ހެނދުނު 06:05 އެހައިކަންހާއިރުއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން (ލެބް ޓެކްނީޝަނުން) ވަނީ ވަގުތުން އެ އެޕާޓްމަންޓަށް ވަދެ، އެތަން ބަލައި ފާސްކޮށްފައެވެ. އަދި ތަހުގީގަށް ބޭނުންވާނެ މުހިންމު ފޮރެންސިކް ހެކިތައް އެ ސަރަހައްދުން އެއްކޮށްފައިވާއިރު، އޭގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފުޅިތަކެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މާރާމާރީއާއި ހަމަނުޖެހުމާ ގުޅިގެން އެޕާޓްމަންޓް ތެރޭގައި ތިބި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންގެ އިތުރުން، އުމުރުން 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ. މި އެންމެންނަކީވެސް ދިވެހިން ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހަމަނުޖެހުން ހިނގަން މެދުވެރިވި އަސްލު ސަބަބެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް މަސްތުގެ ހާލަތުގައި ތިބެގެން ހިންގި ކަމެއް ކަމަށް ބެލެވޭ މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ހިނގި ބޮޑު ހަމަނުޖެހުމަކާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި؛ ބަނގުރާ ފުޅިތަކެއްވެސް ފެނިފައިވޭ!

މުލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވާފަރުން މީހަކު ހައްޔަރުކޮށްފި




