logoEN
WAMCO TOP 1
ޢިލްމީ ބަހުސްތައް އާންމުކުރުމަކީ އެ ޤައުމެއްގެ މުސްތަޤުބަލަށްޓަކައި އެޅޭނެ އެންމެ ހަރުދަނާ އެއް ފިޔަވަޅު: ވަޒީރު

ޢިލްމީ ބަހުސްތައް އާންމުކުރުމަކީ އެ ޤައުމެއްގެ މުސްތަޤުބަލަށްޓަކައި އެޅޭނެ އެންމެ ހަރުދަނާ އެއް ފިޔަވަޅު: ވަޒީރު

# ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު

ފޮޓޯ: ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ޤައުމެއްގައި ޢިލްމީ ބަހުސްތައް އާންމުކުރުމަކީ އެ ޤައުމެއްގެ މުސްތަޤުބަލަށްޓަކައި އެޅޭނެ އެންމެ ހަރުދަނާ އެއް ފިޔަވަޅު ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަންއިން އިންތިޒާމުކޮށްގެން ރޭ ބޭއްވި ބަހުސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ފިކުރީ ވިސްނުންތަކާއި އައު ހޯދުންތަކުގެ އިތުރުން ހަރުދަނާ ލީޑަރުން ވެސް އުފެދިގެން އަންނަނީ ޢިލްމީ ބަހުސްތަކުގެ ތެރެއިން ކަމަށާއި، މަދުރަސީ ދައުރުގައްޔާއި އަދި ޔުނިވަރސިޓީ ލެވެލްގެ އިތުރުން އެހެނިހެން ލެވެލްތަކުގައި ވެސް މިފަދަ ކަންކަން އާލާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

މުޖުތަމަޢާއި އަޅުގަނޑުމެންގެ ވެށިން ފެންނަންހުރި ކަންކަމާމެދު ޢިލްމީ ނަޒަރަކުން ބަހުސްކުރެވި، އަންނާން އޮތް ޖީލުތަކަށް ނަމޫނާއާއި ހެޔޮގޮތް ދައްކައިދިނުމަށްޓަކައި ޢިލްމީ މިފަދަ ބަހުސްތަކާއި ވާހަކަތަކަށް މިވަނީ ވަރަށް ބޮޑަށް ބޭނުންވެފައިކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެކި އެކި މައުޟޫޢުތަކަށް އަޅުގަނޑުމެންގެ ސިކުނޑިތައް ހުޅުވާލައި، ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށްވެސް ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ވަޒީރު ހީނާގެ ވާހަކަ ނިންމަވާލެއްވީ، އެމްއެންޔޫގެ ޒުވާން ހިންގުންތެރި ޓީމަކީ އެކަމަނާ ފާހަގަކުރެއްވި އަމާޒުތަކަށް ވާސިލުވުމުގެ ފުރިހަމަ ހުނަރާއި ޤާބިލުކަން ލިބިފައިވާ ބައެއްކަން ފާހަގަކުރައްވައި، އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފާއި ޝުކުރު އަދާކުރައްވަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC