logoEN
WAMCO TOP 1
މޭރީގެ މަރު: ފިރިމީހާ މާވިން އާއި ލޯބިވެރިޔާ ލަމްހާގެ މައްޗަށް ކުށް ސާބިތުވެއްޖެ!

މޭރީގެ މަރު: ފިރިމީހާ މާވިން އާއި ލޯބިވެރިޔާ ލަމްހާގެ މައްޗަށް ކުށް ސާބިތުވެއްޖެ!

އަހުމަދު ޝުރާއު

logo

6/22/2026, 3:11:13 PM

# މޭރީގެ މަރު

-

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް) އާއި، އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބޭއްވި ވަކިވަކި ޝަރީޢަތުގެ މަޖިލިސްތަކުން ކަނޑައަޅައިފިއެވެ.

THE TRAVELLER AD

މޭރީ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔަ ނަމަވެސް، ފުލުހުންގެ ތަހުގީގަށްފަހު ދައުލަތުން ދައުވާކުރީ މާވިން އާއި ލަމްހާ ރާވައިގެން މޭރީ މަރާލާފައިވާ ކަމަށް ބުނެއެވެ.

މި މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ހުކުމް އިއްވަވަމުން ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ނެތް ކަމަށް އޭނާއަށް ފަރުވާދިން ޑޮކްޓަރުންގެ ހެކިބަހުން އެނގޭ ކަމަށާއި، އޭނާ މަރުވީ ބޮލަށް ދިން ހަމަލާތަކެއްގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ސާފުވާ ކަމަށެވެ. މޭރީ އެންމެފަހުން ދިރިހުއްޓާ ފެނުނީ މާވިންއާއެކު އެމީހުން ދިރިއުޅޭ ގެއަށް ވަންނަނިކޮށް ކަމަށްވާއިރު، މޭރީ މަރުވި ގޮތާ ބެހޭގޮތުން މާވިން ދެއްކީ ހަގީގަތް އޮޅުވާލުމުގެ ދޮގު ވާހަކަތަކެއް ކަމަށް ގާޒީ ވިދާޅުވިއެވެ. މީގެ އިތުރުން މީހަކު ހާސްކޮށްލާނެ ގޮތްތަކުގެ ފޮޓޯތަކެއް މާވިންގެ ފޯނުން ފެނިފައިވާއިރު، އަނބިމީހާ މަރުވުމުން ފިލިޕީންސްގެ ގާނޫނު އޮންނަ ގޮތުން އެހެން ކައިވެންޏެއް ކުރެވޭނެ ގޮތްތަކާ މެދު މާވިން މައުލޫމާތު ސާފުކޮށްފައިވާކަން ހެކިތަކުން ވަނީ ސާބިތުވެފައެވެ.

މާވިންގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވިއިރު، އޭނާއާއެކު ބައިވެރިވި ކަމުގެ ދައުވާ ލަމްހާގެ މައްޗަށްވެސް ވަނީ ސާބިތުވެފައެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި މާވިން އާއި ލަމްހާ ރާވައިގެން މޭރީ މަރާލި ވަގުތު، މޭރީގެ ދަރިފުޅު ބެލެހެއްޓުމާ ލަމްހާ ހަވާލުވެ، އެ ކުއްޖާ ގޮވައިގެން އެހެން ގެއަކަށް ގޮސްފައިވެއެވެ. މި މައްސަލާގައި ލަމްހާ އެކިފަހަރު މަތިން ބަންދުން ދޫކުރި ނަމަވެސް، ހައިކޯޓުގެ އަމުރަށް އޭނާ ހުރީ އަލުން ބަންދުގައެވެ.

އަދި މައްސަލައިގެ ބަންދުގައި ހުއްޓާ މާވިން ވަނީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައެވެ.

ކްރިމިނަލް ކޯޓުން މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމެވި ނަމަވެސް، މިއަދުގެ މަޖިލީހުގައި އަދަބާ ބެހޭގޮތުން ވާހަކަދައްކަން މާވިންގެ ވަކީލު ފުރުސަތަކަށް އެދުމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވާފައެވެ. އެހެންކަމުން، މާވިން އާއި ލަމްހާގެ މައްޗަށް ކުށުގެ އަދަބު ކަނޑައެޅުމާއި، އަދަބާ ބެހޭގޮތުން ވާހަކަދެއްކުމުގެ ޝަރީޢަތުގެ މަޖިލިސް އޮންނާނީ އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ކަމަށް ގާޒީ މުޒައްމިލް ނާސިރު ވަނީ އިޢުލާން ކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC