logoEN
WAMCO TOP 1
ފިހާރައަކުން އައިނެއް ވަގަށް ނެގި މީހަކު ހޯދަން ވީޑިއޯއާއެކު ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ

ފިހާރައަކުން އައިނެއް ވަގަށް ނެގި މީހަކު ހޯދަން ވީޑިއޯއާއެކު ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ

އަހުމަދު ޝުރާއު

logo

6/22/2026, 11:02:49 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މާލޭގެ ފިހާރައަކުން އައިނެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ހޯދަން ބޭނުންވާ މީހެއްގެ ވީޑިއޯ ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފިއެވެ.

THE TRAVELLER AD

ފުލުހުން ހާމަކުރި ގޮތުގައި މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އެމީހާ ވަނީ ހޯދޭގޮތް ނުވެފައެވެ.

އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖް ވީޑިއޯއިން ފެންނަ މީހާއަކީ ފިހާރައެއްގެ ތެރެއިން އައިނެއް ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތު އެޅިފައިވާ މީހާ ކަމަށް ފުލުހުން ބުނެއެވެ.

View post on Twitter

ވީމާ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް ކަހަލަ މަޢުލޫމާތެއް ލިބިފައިވާނަމަ ނުވަތަ އެއީ ކާކުކަން އެނގޭ ފަރާތެއްވާނަމަ، މާފަންނު ޕޮލިސް ސްޓޭޝާނުގެ ރަސްމީ ނަންބަރު 9660183 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ލަސްނުކޮށް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކުށްތައް ކުރާ މީހުން ހޯދައި މުޖުތަމައު ކުށްތަކުން ސަލާމަތްކުރުމަށްޓަކައި، ފުލުހުން ކުރާ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ ބޮޑު އެއްބާރުލުން ފުލުހުންގެ އިދާރާއިން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC