
އިސްކަންދަރު ކޮށީގައި 15 ފަންގިފިލާގެ އިމާރާތެއް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
# އިސްކަންދަރު ކޮށި# ދިވެހި ފުލުހުންގެ ޙިދުމަތްއިސްކަންދަރު ކޮށި- ފޮޓޯ: ޕީއެސްއެމް
އިސްކަންދަރު ކޮށީގައި 15 ފަންގިފިލާގެ އޮފީސް އިމާރާތެއް އަޅާނެ ބަޔަކު ހޯދަން ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާންކޮށްފި އެވެ.

އިއުލާނުގައިވަނީ މި މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިންގް އުސޫލުން ކަމަށެވެ.
އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތައް މި އަންނަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިކްސްޣްޔޫސްޓް އިމާރާތުގައި ތަރައްގީކުރާ މި އިމާރާތުގައި ސަރުކާރާއި، އިދާރީ މަސައްކަތްތަކުގެ އިތުރުން އޮޕަރޭޝަނަލް މެޑިކަލް، އަދި އެކިކަހަލަ ތަމްރީންތައް ކުރިއަށްގެންދިޔުމަށް ހާއްސަ ތަންތަނާއި އެކަމަޑޭޝަން ޖާގަ ހިމެނެ އެވެ. މިއީ ބޭސް މަންޓާއި ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައިވެސް ޕާކު ކުރެވޭގޮތަށް ތަރައްގީކުރާ ތަނެކެވެ.މި އިމާރާތުގެ 6 ލިފްޓް ބަހައްޓަން ޖެހޭއިރު ބޭސްމަންޓްގައި ހަތަރުފުރޮޅުލީ 28 އުޅަނދާއި 85 ސައިކަލް ޕާކްކުރެވޭނެ ޖާގަ ކަނޑައަޅަންޖެހެ އެވެ. މީގެ އިތުރުން އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި 4 ފުރޮޅުލީ 17 އުޅަނދާއި ދެވަނަ ފަންގިފިލާގައި 261 ސައިކަލް ޕާކް ކުރުމަށް ޖާގަ ހަމަޖައްސަންވެސް ޖެހެއެވެ.މި އިމާރާތުގެ 3 ވަނަ ފަންގިފިލާ ހާއްސަ ކުރުމަށް ހަމަޖެހިފައިވަނީ ސިއްހީ ހިދުމަތް ދިނުމަށެވެ. އަދި 4 ވަނަ ފަންގިފިލާއިން ފެށިގެން 10 ވަނަ ފަންގިފިލާ އޮފީސް ބައިތަކަށް ހާއްސަކުރެއެވެ. މީގެ އިތުރުން 11 ވަނަ ފަންގިފިލާއިން ފެށިގެން 13 ވަނަ ފަންގިފިލާ ހާއްސަކުރަނީ އެކަމަޑޭޝަންއަށެވެ. އެގޮތުން 80 އާއި 100 ދެމެދުގެ އެނދު ހިމެނޭހެން އެ ފަންގިފިލާތައް ތަރައްގީކުރަންޖެހެއެވެ. މި ފަންގިފިލާތަކުން އަންހެނުންނަށް ހާއްސަ ރޫމްތަކާއި ބޭރުން އަންނަ މީހުން ތިބުމަށް ވަކި ރޫމްތަކެއް ކަނޑައަޅާނެ އެވެ.މި އިމާރާތުގެ އެންމެ މަތީ 2 ފަންގިފިލާ ހާއްސަ ކުރަނީ އެކިކަހަލަ ތަމްރީން ޕްރޮގްރާމްތައް ގެންދިޔުމަށެވެ. އެގޮތުން 6 ކްލާސްރޫމް އާއި ލައިބްރަރީ އާއި ކޮންޕަރެންސް ރޫމްގެ އިތުރުން މަލްޓިޕާޕަސް ހޯލްއާއި ޓްރެއިނިންގ ހޯލް މި އިމާރާތުގައި ހިމެނޭނެ އެވެ.އިސްކަންދަރު ކޮށީގައި 15 ފަންގިފިލާގެ އައު އިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އައު އިމާރާތް ހަދަން ހަމަޖެހިފައި ހުރި ބިމުގައި މިހާރު ހުރި އިމާރާތް ތަޅާލުމަށްފަހުގަ އެވެ.
ގުޅުންހުރި

ސްރީލަންކާގެ ހައި ކޮމިޝަނަރ ސީޕީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ފިހާރައަކުން އައިނެއް ވަގަށް ނެގި މީހަކު ހޯދަން ވީޑިއޯއާއެކު ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ

އިސްކަންދަރު ކޮށީގައި 15 ފަންގިފިލާގެ އިމާރާތެއް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި




