logoEN
WAMCO TOP 1
ސަނީ ކޯޝަލް އަދި ޝަރްވަރީގެ 7 އަހަރުވީ ގުޅުން ނިމުމަކަށް އައިކަމުގެ އަޑުތަކެއް ފެތުރިއްޖެ

ސަނީ ކޯޝަލް އަދި ޝަރްވަރީގެ 7 އަހަރުވީ ގުޅުން ނިމުމަކަށް އައިކަމުގެ އަޑުތަކެއް ފެތުރިއްޖެ

ސާރާ އަހުމަދު

logo

6/22/2026, 12:15:05 PM

# ބޮލީވުޑް

--

ބޮލީވުޑްގެ މަގުބޫލު ދެ ތަރިން ކަމަށްވާ ސަނީ ކޯޝަލް އާއި ޝަރްވަރީ، ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މިހާރު ވަކިވެފައިވާ ކަމުގެ އަޑުތައް ގަދަވެއްޖެއެވެ.

THE TRAVELLER AD

މި ދެ ތަރިންގެ ފަރާތުން ރަސްމީ ބަހެއް ލިބިފައި ނުވި ނަމަވެސް، ރިޕޯޓުތައް ބުނާގޮތުގައި އެމީހުންގެ ލޯބީގެ ގުޅުން ފެށުނީ 2019 ވަނަ އަހަރު ކަބީރު ޚާންގެ ސީރީޒް "ދަ ފޮގޮޓަން އާމީ" ގައި އެކުގައި މަސައްކަތް ކުރި ދުވަސްވަރުއެވެ.

ޚަބަރުތައް ބުނާގޮތުގައި "އަލްފާ" ގެ ބަތަލާ ޝަރްވަރީ އާއި ސަނީ ވަކިވާން ނިންމީ 2025 ވަނަ އަހަރުގެ ތެރޭގައެވެ.

މީގެ ކުރިން އެކި ހަފުލާތަކުންނާއި މަގުމަތިން މި ދެތަރިން އެކުގައި ފެނުނު ނަމަވެސް، އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ އެއްވެސް އިރަކު މީޑިއާގައި ހިއްސާކޮށްފައިއެއް ނުވެއެވެ.

އާއިލާގެ އެތެރޭގެ މަސްދަރަކުން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ސަނީއަށްވުރެ ޝަރްވަރީގެ މަގުބޫލުކަން ބޮޑުވެ، ކެރިއަރުގައި ލިބޭ ކާމިޔާބީ އިތުރުވުމަކީ ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހި، ވަކިވާން މެދުވެރިވި އެއް ސަބަބެވެ.

ސަނީ ވަނީ "ގޯލްޑް"، "ޝިއްދަތު"، އަދި "ފިރް އާއީ ހަސީން ދިލްރުބާ" ފަދަ ފިލްމުތަކުން އޭނާގެ ހުނަރު ދައްކާލައި ތައުރީފު ހޯދާފައެވެ. ނަމަވެސް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެއް އޭނާއަށް އަދި ލިބިފައެއް ނުވެއެވެ.

ނަމަވެސް ޝަރްވަރީގެ ކެރިއަރު ވަނީ މިފަހަކަށް އައިސް ވަރަށް ބޮޑަށް ކުރިއަރާފައެވެ. ޚާއްސަކޮށް "މުންޖިއާ އެންޑް މަހާރާޖް" ގެ ބޮޑު ކާމިޔާބީއަށްފަހު، އޭނާ ހިމެނެނީ ބޮލީވުޑްގައި މިހާރު އެންމެ ޑިމާންޑް ބޮޑު ޒުވާން ބަތަލާއިންގެ ތެރޭގައެވެ.

މި ވަކިވުމުގެ ޚަބަރުތައް ފެތުރެމުންދާ ދަނޑިވަޅެއްގައި، ޝަރްވަރީގެ ނަން މިހާރު ވަނީ އޭނާގެ އާ ފިލްމު "މޭން ވާޕަސް އާއުންގާ" ގެ ކޯ-ސްޓާ ވޭދާންގް ރައިނާއާ ވެސް ގުޅުވަން ފަށާފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި މި ދެ ތަރިންގެ ގާތްކަން ފާހަގަކުރެވިގެން ގިނަ ބަޔަކު ދަނީ ވާހަކަދައްކަމުންދެއެވެ.

މީގެ ކުރިން ވޭދާންގްގެ ލޯބީގެ ގުޅުމެއް ޚުޝީ ކަޕޫރާއެކު އޮތް ކަމަށް އަޑުތައް އެރިއެވެ. ނަމަވެސް އެ ގުޅުން ވެސް މިހާރު ނިމިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝަރްވަރީ އާއި ވޭދާންގްގެ މެދުގައި އޮތީ ހަމައެކަނި އެކުވެރިކަންތޯ ނުވަތަ ލޯބީގެ ގުޅުމެއްތޯ އަދި ރަސްމީކޮށް ކަށަވަރެއް ނުވެއެވެ.

ކޮމެންޓް
ފަހުގެ
HDC