logoEN
WAMCO TOP 1
އެންޖެލީނާ ޖޯލީއާއެކު އާ ޕްރޮޖެކްޓަކުން ފެނުމަށް ޕްރިޔަންކާ ޗޯޕްރާ ތައްޔާރުވަނީ

އެންޖެލީނާ ޖޯލީއާއެކު އާ ޕްރޮޖެކްޓަކުން ފެނުމަށް ޕްރިޔަންކާ ޗޯޕްރާ ތައްޔާރުވަނީ

ސާރާ އަހުމަދު

logo

6/22/2026, 11:55:34 AM

# ހޮލީވުޑް# ބޮލީވުޑް

--

ބޮލީވުޑާއި ހޮލީވުޑްގެ މަގުބޫލު ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަދި ހޮލީވުޑްގެ ރާނީ އެންޖެލީނާ ޖޯލީ އެކުގައި ފެނިގެންދާނެ ކަމުގެ ޚަބަރާއެކު މުޅި ބައިނަލްއަގުވާމީ ފިލްމީ ދާއިރާއަށް ބޮޑު ސިހުމެއް ވަނީ ލިބިފައެވެ.

THE TRAVELLER AD

"ފޯޗުން އިންޑިއާ" އަށް ދިން އިންޓަވިޔުއެއްގައި ޕްރިޔަންކާ ވަނީ އެންޖެލީނާ ޖޯލީއާއެކު އާ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް ސޮއިކޮށްފައިވާކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.

މި އިންޓަވިއުގައި ޕްރިޔަންކާ ވަނީ ބޮލީވުޑުން ހޮލީވުޑަށް ކުރި ދަތުރާއި، މިއަދު އޭނާއަށް ލިބިފައިވާ އުފެއްދުންތެރި މިނިވަންކަމާ ބެހޭގޮތުން ވާހަކަދައްކާފައެވެ. ޕްރިޔަންކާ އިތުރަށް ބުނިގޮތުގައި ޕެނެލޮޕީ ކްރޫޒް، ސަލްމާ ހާއިކް އަދި އެންޖެލީނާ ޖޯލީއަކީ ދާއިރާގައި އޭނާގެ ނަމޫނާތަކެއް ކަމަށެވެ.

މި ޕްރޮޖެކްޓުގެ އިތުރު ތަފްސީލުތައް ސިއްރުކޮށްފައިވާއިރު، ބެލުންތެރިން އަންދާޒާކުރަނީ މިއީ ވަރުގަދަ ހޮލީވުޑް ފިލްމެއް، ބޮޑު އިޝްތިހާރެއް ނުވަތަ އިންސާނީ އެހީގެ ބޮޑު ހަރަކާތަކަށް ވެދާނެ ކަމަށެވެ.

މި އިއުލާނު އައިސްފައިވަނީ ޕްރިޔަންކާގެ ކެރިއަރުގެ އެންމެ ބުރަ އަދި އެންމެ އުންމީދީ ދުވަސްވަރުގައެވެ. އެގޮތުން އިންޑިއާގައި އޭނާ މިހާރު ނިންމަމުންދަނީ މަޝްހޫރު ޑިރެކްޓަރު އެސް.އެސް ރާޖަމޯލީގެ ބޮޑު ފިލްމު "ވާރަނަސީ" ގެ ފަހު ޝޫޓިންގތަކެވެ. މަހޭޝް ބާބޫ އަދި ޕްރިތުވީރާޖް ސުކުމާރަންއާއެކު ފެންނާނެ މި ފިލްމަކީ ބޮޑު ބަޖެޓަކުން ތައްޔާރުކުރާ އެކްޝަން އެޑްވެންޗާ ފިލްމެކެވެ. ދުނިޔޭގެ އެކި ކޮޅުތަކުގައި ޝޫޓްކުރާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ 7 އެޕްރީލް 2027 ގައެވެ.

މީގެ އިތުރުން، މީރާ ނައިރު ޑިރެކްޓްކުރާ ބަޔޮގްރަފިކަލް ޑްރާމާ "އަމްރީ" އަދި ނިކޮލަސް ސްޓޮލާގެ "ޖަޖްމަންޓް ޑޭ" ވެސް ޕްރިޔަންކާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓް
ފަހުގެ
HDC