logoEN
WAMCO TOP 1
ހިލޭ އެހީގެ ގޮތުގައި ދައުލަތައް އަންދާޒާކުރި އާމްދަނީ ލިބިއްޖެ

ހިލޭ އެހީގެ ގޮތުގައި ދައުލަތައް އަންދާޒާކުރި އާމްދަނީ ލިބިއްޖެ

# ހިލޭ އެހީ# ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ހިލޭ އެހީގެ ގޮތުގައި މި އަހަރު ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

THE TRAVELLER AD

ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި، ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައި ދައްކާގޮތުގައި މިއަހަރަށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 373.6 މިލިޔަން ރުފިޔާ އެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހިލޭ އެހީގެ ގޮތުގައި 393.6 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އަންދާޒާކުރި އަަދަދަށްވުރެ 5.3 އިންސައްތަ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 128.7 މިލިޔަން ރުފިޔާ އެވެ. އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީ އާއި ޓެކްސް ނޫން އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 40.3 ބިލިޔަން ރުފިޔާ އެވެ.

މީގެއިތުރުން ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ މިހާތަނަށް 19 ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތައް ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 17.3 ބިލިޔަން ރުފިޔާ އެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއިން ހިއްސާކުރާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިޔަން ލިބިފައިވާއިރު، މި އަހަރުގެ މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ލިބިފައިވަނީ 14.8 ބިލިޔަން އެވެ.

މި ކުރިއެރުމުގެ މައިގަނޑު ސަބަބަކަށް ޓީ.ޖީ.އެސް.ޓީގެ ލިބޭ އާމްދަނީ ހިމެނޭއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު ލިބިފައިވަނީ 6 ބިލިޔަން ރުފިޔާ އެވެ.މީގެއިތުރުން، އާންމު މުދަލާއި ހިދުމަތުގެ ޓެކްސް ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިޔަން ރުފިޔާއިން 2.5 ބިލިޔަން ރުފިޔާއަށް އިތުރުވެފަ އެވެ.

ކޮމެންޓް
ފަހުގެ
HDC