logoEN
WAMCO TOP 1
ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރާއެކު ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރާއެކު ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

6/20/2026, 7:25:25 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން ވަދެ، އެތަނުގައި ތިބި މީހުންނަށް ބިރުދައްކައި މާރާމާރީއެއް ހިންގި މައްސަލައެއް މިއަދު ހެނދުނު ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފިއެވެ.

THE TRAVELLER AD

މަގުމަތީގެ އަމާންކަން ގެއްލޭ ފަދަ ގޮތަކަށް ހިންގި މި ނުރައްކާތެރި ޖިނާއީ މައްސަލައާ ގުޅިގެން، ފުލުހުން ވަނީ ކުށުގެ ވެށިން ތުހުމަތުކުރެވޭ ދިވެހި ފިރިހެނަކު ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހާމަކުރައްވާފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުންގެ ޚާއްޞަ ޓީމަކުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. އަދި މި މާރާމާރީއާއި ބިރުދެއްކުމުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އެންމެ އިސްކަމެއް ދީގެން މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.

މިކަމާ ގުޅިގެން އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކޮށްފައިވާ އެމްއޭސީއެލް (އެއާޕޯޓްސް ކުންފުނި) ގެ ފްލެޓުތަކުގެ ތެރެއިން ޓަވަރެއްގެ ތިރީގައި ހިންގަމުންދާ ފިހާރައެއްގެ ތެރޭގައެވެ.

ކޮމެންޓް
ފަހުގެ
HDC