.jpg&w=3840&q=75)
ތައިލޭންޑުގެ ޕްރިންސަސް އަވަހާރަވުމާ ގުޅިގެން، ރަސްގެފާނަށް ރައީސް މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި
# ރައީސް މުއިއްޒު-
ތައިލޭންޑުގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ ހަރ ރޯޔަލް ހައިނަސް ޕްރިންސަސް ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ އަވަހާރަވުމާއި ގުޅިގެން، ތައިލެންޑުގެ ރަސްގެފާނު، ހިޒް މެޖެސްޓީ ކިންގ މަހާ ވަޖިރަލޮންގކޯން ފްރަ ވަޖިރަކްލައޯޗައޯޔޫހުއާއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެމަނިކުފާނު ވަނީ، ހަރ ރޯޔަލް ހައިނަސް ޕްރިންސަސް ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެފައެވެ.
އަދި އެކަމަނާގެ ޙަޔާތްޕުޅުގައި ޤައުމަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި، އިޖްތިމާޢީ އެކިއެކި ހަރަކާތްތަކުގައި މުޖްތަމަޢުގެ ލާބައަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ހަނދާންތައް އަބަދުމެ ދެމިހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޚާއްޞަގޮތެއްގައި، ޤާނޫނީ ވެރިކަމާއި، ޝަރުޢީ ދާއިރާ އިސްލާހު ކުރެއްވުމަށް އެކަމަނާ ކުރެއްވި މަސައްކަތްޕުޅުތަކާއި އަދި ކުރެއްވި އިޚްލާސްތެރި ޚިދުމަތްތަކަކީ އަންނަން އޮތް ޖީލުތަކަށް ނަމޫނާއެއްކަމަށް ވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ތައިލޭންޑަށް ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތައިލޭންޑުގެ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރައްވަމުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ނިލަންދޫގެ ތާރީޚީ ޚިދުމަތްތެރިޔާ، ކަތީބު ދޮންބެ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
.jpg&w=3840&q=75)
ތައިލޭންޑުގެ ޕްރިންސަސް އަވަހާރަވުމާ ގުޅިގެން، ރަސްގެފާނަށް ރައީސް މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި
.jpg&w=3840&q=75)
ކެނެޑާގެ އާ ގަވަރނަރ ޖެނެރަލަށް ރައީސްގެ ތަހުނިޔާ!




