
ގެއްލުނު ފުލުސް މީހާ ހޯދުމުގެ އޮޕަރޭޝަނުގައި އެހީވި ދެ ޑައިވަރުންނަށް މިނިސްޓަރާއި ސީޕީގެ ޚާއްޞަ ޝުކުރު!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ޑިއުޓީގައި އުޅުއްވަނިކޮށް ކަނޑުމައްޗަށް ގެއްލުނު ފުލުހަކު ހޯދުމަށް ހިންގި ނާޒުކު އޮޕަރޭޝަނުގައި އަމިއްލައަށް އިސްނަގައިގެން ބައިވެރިވެ، ފުލުހުންނަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ދެ ޑައިވަރުންނަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވައިފިއެވެ.

މި ނުރައްކާތެރި ހާދިސާގައި އެހީތެރިވެދީފައިވަނީ ކ. ގާފަރު، ބްލޫ ހެވަން، އަޙްމަދު ފައިޞަލްގެ އިތުރުން އއ. އުކުޅަސް، މީރާޒް، ޞައްދާމު އަޙްމަދެވެ.
މި ދެ ޑައިވަރުންނަކީ، މިއަދުގެ ފަތިހުގެ ވަގުތެއްގައި ފުލުހުންގެ "ލޯންޗު 57" ގައި ރަސްމީ ޑިއުޓީގައި އުޅުނު ފުލުސް އޮފިސަރަކު ކުއްލިއަކަށް ގެއްލުމާ ގުޅިގެން، އެ އޮފިސަރު ހޯދުމަށާއި ކަނޑުގެ އަޑިން ހަށިގަނޑު ރިކަވަރ ކުރުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ކުރި ވަގުތުން ވަގުތަށް ކުރި އުނދަގޫ މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ދެ ބޭފުޅުންނެވެ.
އެ ބޭފުޅުންގެ ފަންނީ ހުނަރާއި ތަޖުރިބާގެ ބޭނުން މި އޮޕަރޭޝަނުގައި ނުހަނު ފުރިހަމައަށް ހިފާފައިވެއެވެ.
ހޯމް މިނިސްޓަރ ޢަލީ އިހުސާނާއި ކޮމިޝަނަރ އަޙްމަދު މުޙައްމަދު މިއަދު ވަނީ އެ ދެ ޑައިވަރުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، ޤައުމީ އަދި އިންސާނީ މި ބޮޑު މަސައްކަތުގައި އަމިއްލައަށް އިސްނަންގަވައިގެން ވެދެއްވި ބޮޑު އެހީތެރިކަމަށްޓަކައި އެ ބޭފުޅުންގެ އަމިއްލަ ނަންފުޅުގައާއި ފުލުހުންގެ މުއައްސަސާގެ ނަމުގައި ފުން ބޫލްއެވުމަކާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅުތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ މިފަދަ އެހީތެރިކަމަކީ، ދިވެހި މުޖުތަމައުން ފެންނަ އެއްބައެއްވަންތަކަމާއި، އޯގާތެރިކަމާއި، އަދި އަޚުވަންތަކަމުގެ މަތިވެރި ނަމޫނާއެއްކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ނުރައްކާތެރި ހާދިސާގެ އޮޕަރޭޝަނުގައި އެ ދެ ޑައިވަރުން ފޯރުކޮށްދިން އެހީތެރިކަމަކީ ދައުލަތުންނާއި ފުލުހުންގެ މުއައްސަސާއިން ވަރަށް މަތިން އަގުވަޒަންކުރާ އަގުހުރި ޤައުމީ މަސައްކަތެއްކަން ވެރިން ފާހަގަކުރެއްވިއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި ދިމާވާ ބޮޑެތި ޙާދިސާތަކުގައި، ސަލާމަތީ ޚިދުމަތްތަކާއި އާންމު ރައްޔިތުން ގުޅިގެން އެކުގައި މަސައްކަތް ކުރުމަކީ ކަންކަން ހައްލުކުރުމަށް އޮތް އެންމެ ބޮޑު ބާރުކަން ފާހަގަކުރައްވައި، ދެ ޑައިވަރުން ދެއްކެވި ހިތްވަރަށް ސަރުކާރުގެ ފަރާތުން ވަނީ ސާބަސް ރައްދުކުރައްވާފައެވެ.
ގުޅުންހުރި

ގެއްލުނު ފުލުސް މީހާ ހޯދުމުގެ އޮޕަރޭޝަނުގައި އެހީވި ދެ ޑައިވަރުންނަށް މިނިސްޓަރާއި ސީޕީގެ ޚާއްޞަ ޝުކުރު!

ޝަމްޢާންގެ ވާހަކަތަކަށް ފުލުހުންގެ ވަރުގަދަ ރައްދެއް: " ކޮރަޕްޝަންގެ ހެކި ހުރި ކަމަށް ބުނި ނަމަވެސް އެމައުލޫމާތު ފުލުހުންނަށް ނުދޭ"

ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ނިޔާވި އޮފިސަރަށް މަގާމުގެ ކުރިއެރުން
.png&w=3840&q=75)



