
ޝަމްޢާންގެ ވާހަކަތަކަށް ފުލުހުންގެ ވަރުގަދަ ރައްދެއް: " ކޮރަޕްޝަންގެ ހެކި ހުރި ކަމަށް ބުނި ނަމަވެސް އެމައުލޫމާތު ފުލުހުންނަށް ނުދޭ"
# ދިވެހި ފުލުހުންގެ ޙިދުމަތް-
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު މީޑިއާތަކާ ބައްދަލުކޮށް ސަރުކާރާއި ފުލުހުންނަށް ކުރި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެ، ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ނޫސްބަޔާނެއް ނެރެފިއެވެ.

ފުލުހުން ވިދާޅުވީ ޝަމްޢާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަކީ ސިޔާސީ ނުފޫޒެއް ނެތް، ތަހުގީގަށް ލިބުނު ސާބިތު ހެކިތަކުގެ މައްޗަށް ބިނާކޮށް މިނިވަންކަމާއެކު ހިންގި ޝަރުއީ މަރުހަލާއަކުން ނިންމި ނިންމުމެއް ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު ފައިސާ ހޯދައި، މަނީ ލޯންޑަރިންގ ހިންގި ކަމުގެ މި މައްސަލައިގެ ހުރިހާ މަރުހަލާއެއް ޝަމްޢާނަށް އެނގެއެވެ. އެގޮތުން، 2025 މާރިޗު 11 ގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އަތުލައިގަތް ބިދޭސީއަކު، ސްޕޮންސަރުގެ ސިޓީއަކަށް ބަލައި އަވަސް މައްސަލައެއްގެ ގޮތުގައި ދޫކޮށްލުމަށް ޝަމްޢާން އަމުރަށް އިރުޝާދު ދެއްވި ކަމަށް ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ. އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ ދެ މުވައްޒަފަކު އޭނާ ގޮވައިގެން ވެހިކަލެއްގައި ދަތުރުކޮށް، ފައިސާގެ އަދަދު ކަށަވަރުކުރަން ޝަމްޢާނަށް ގުޅި ކަމަށާއި، މިކަމަށް 500,000 (ފަސްލައްކަ) ރުފިޔާ ދޭން އެއްބަސްވިކަން ތަހުގީގަށް ވަނީ ހޯދިފައެވެ.
މީގެއިތުރުން، އެ ރޭ ދަންވަރު 3:00 އެހާކަންހާއިރު އިމިގްރޭޝަންގެ ދެ މުވައްޒަފުން ފައިސާ ހުރި ކޮތަޅެއް ހިފައިގެން ޝަމްޢާން ދިރިއުޅޭ އެޕާޓްމަންޓަށް ވަދެ، ތިން މިނެޓް ފަހުން ނުކުތްއިރު އަތުގައި ކޮތަޅު ނެތްކަން ސީސީޓީވީ ފުޓޭޖްތަކުންނާއި ހެކިތަކުން އެނގެން އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭގެ ޖެހިގެން އައި ދުވަހު ޝަމްޢާންގެ ބޭންކް އެކައުންޓްތަކަށް ޖުމްލަ 259,837.35 (ދެލައްކަ ފަންސާސް ނުވަހާސް އަށްސަތޭކަ ތިރީސް ހަތް ރުފިޔާ ތިރީސް ފަސް ލާރި) ޖަމާކޮށްފައިވާކަން ބޭންކް ރެކޯޑުތަކުން ވަނީ ސާބިތުވެފައެވެ. ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި ޝަމްޢާންގެ ފޯނުގެ ލޮކް ކޯޑު ދޭން އޭނާ އިންކާރުކޮށްފައިވާތީ، ފޯނު ބަލައި ތަހުގީގު ކުރުމުގެ ފުރުސަތު ފުލުހުންނަށް ލިބިފައެއް ނުވެއެވެ.
ޖޫން 9 ގައި ޝަމްޢާން މީޑިއާގައި އޭނާގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް ބުނި ނަމަވެސް، 2025 ޑިސެމްބަރު މަހު ބަންދުން ދޫކޮށްލި ފަހުން މިނިވަނެއްގެ ގޮތުގައި އުޅުނުއިރުވެސް އަދި ކޮރަޕްޝަން ބަލާ އެހެން މުއައްސަސާއަކަށްވެސް އެފަދަ އެއްވެސް މައުލޫމާތެއް އޭނާ ހުށަހަޅާފައި ނުވާކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ. ފުލުހުންގެ މުއައްސަސާއިން ވަނީ އަދުލުގެ ނިޒާމަށާއި ކޯޓުތަކުގެ މިނިވަންކަމަށް ފުރިހަމައަށް އިހުތިރާމްކުރާ ކަމަށް ބުނެ، ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އޮތް ގާނޫނީ ހައްލަކީ ސިޔާސީ ޕްރޮޕަގަންޑާ ފެތުރުމުގެ ބަދަލުގައި، ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލަ އިސްތިއުނާފު ކުރުން ކަމަށް ބުނެފައެވެ.
ގުޅުންހުރި

ޝަމްޢާންގެ ވާހަކަތަކަށް ފުލުހުންގެ ވަރުގަދަ ރައްދެއް: " ކޮރަޕްޝަންގެ ހެކި ހުރި ކަމަށް ބުނި ނަމަވެސް އެމައުލޫމާތު ފުލުހުންނަށް ނުދޭ"

ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ނިޔާވި އޮފިސަރަށް މަގާމުގެ ކުރިއެރުން
.png&w=3840&q=75)
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހިންނަވަރުން ހަތަރު މީހަކު ހައްޔަރުކޮށްފި




