logoEN
WAMCO TOP 1
ކ. ތުލުސްދޫ ހޮސްޕިޓަލް މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް!

ކ. ތުލުސްދޫ ހޮސްޕިޓަލް މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް!

އަހުމަދު ޝުރާއު

logo

6/7/2026, 9:35:32 AM

# ތުލުސްދޫ

-

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކ. ތުލުސްދޫގައި އިމާރާތްކުރަމުންދާ އައު ހޮސްޕިޓަލްގެ މަސައްކަތްތައް ބާރުސްޕީޑްގައި ކުރިއަށްދާކަން އެ ކުންފުނިން ހާމަކޮށްފިއެވެ

THE TRAVELLER AD

. މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމައަށް ބަލާއިރު، ހޮސްޕިޓަލް އިމާރާތުގެ ފުރަތަމަ ސިޑި އަދި ރޭމްޕްގެ ކޮންކްރީޓް މަސައްކަތްތަކުގެ 50 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން، ހޮސްޕިޓަލްގެ އެކްސްރޭ ކޮޓަރީގެ ފާރުގެ ކޮންކްރީޓް މަސައްކަތްތަކުގެ 65 އިންސައްތަ ނިމިފައިވާއިރު، އެކްސްރޭ ކޮޓަރީގެ ފާރުގެ ޝަޓަރިންގ އަދި ދަގަނޑު އެޅުމުގެ މަސައްކަތްތައް ސައިޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

މި މަޝްރޫޢުގެ ދަށުން ތުލުސްދޫގައި އިމާރާތްކުރަނީ 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެކެވެ. މި ބިޔަ އިމާރާތުގެ އޮނިގަނޑުގެ ތެރޭގައި 1،729.12 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުން ހިމެނެއެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި، މި މަޝްރޫޢުގެ ދަށުން ހަދާ ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިތަކާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކުގެ އިތުރުން ޒަމާނީ ލެބޯޓްރީއެއް ހުންނާނެއެވެ. އަދި އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއެއްގެ އިތުރުން ކުއްލި ފަރުވާ ދޭ އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓަކާއި ޕަބްލިކް ހެލްތު ޔުނިޓެއްވެސް މި ބްލޮކްގައި ގާއިމުކުރެވިގެންދާނެއެވެ.

މި ވިއުގަ ފުރިހަމަވެގެންދިއުމުން ތުލުސްދޫގެ އިތުރުން އެ ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ސިއްހީ ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިނިސްޓްރީ އޮފް ހެލްތުން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 101.71 މިލިއަން ރުފިޔާއަށް މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

ކޮމެންޓް
ފަހުގެ
HDC