
އޮޕަރޭޝަން ކުރަނގިގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށައިފި
# ބިދޭސީން# އޮޕަރޭޝަން ކުރަނގި# މޯލްޑިވްސް އިމިގްރޭޝަންފޮޓޯ: އިމިގްރޭޝަން
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި"ގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް މިއަދު ހަވީރު ފަށައިފިއެވެ.

މި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހީގެ ދަށުން ބަޔޯމެޓްރިކްސް މައުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
މި އޮަޕަރޭޝަނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ވަނީ ނަގާފައިވާ ކަމަށެވެ.
އަދި މި އަދަދު 17 ނޮވެމްބަރު 2023 ގައި ހުރީ އެންމެ 13 އިން ސައްތައިގައިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މިމަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތައް ކަމަށް ރައީސް ވިދާޅުވިއެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ:
1. ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ފޮޓޯ އަދި 10 އިނގިލީގެ ނިޝާން ނެގުމާއި
2. ހުއްދަ އޮތް ވިސާއެއްގައި ހުރެ ހުއްދަ ގަވާއިދާ ޚިލާފް މަސައްކަތްކުރާ ބިދޭސީން ހޯދައި ރާއްޖެއިން ޑިޕޯޓް ކުުރުން؛ އަދި
3. ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ބޭރުކުރުމެވެ.
ގުޅުންހުރި

އޮޕަރޭޝަން ކުރަނގިގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށައިފި

އޮޕަރޭޝަން ކުރަނގި: 98 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައިފި

ޕާސްޕޯޓު ބުކްލެޓްގެ ސްޓޮކް ގެނައުމުގައި ލަސްތަކެއް ދިމާވެ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން ހުއްޓުމަކަށް!




