logoEN
WAMCO TOP 1
 ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަންތައް ފެށިގެން ކުރިޔަށް: ފުރަތަމަ ބުރުގެ ރަށްތަކުގެ އޮޑިޝަންތައް ނިމިއްޖެ!

ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަންތައް ފެށިގެން ކުރިޔަށް: ފުރަތަމަ ބުރުގެ ރަށްތަކުގެ އޮޑިޝަންތައް ނިމިއްޖެ!

އަހުމަދު ޝުރާއު

logo

6/7/2026, 8:36:48 AM

# ގައުމީ ޤުރުއާން މުބާރާތް

-

އޮނިގަނޑަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަންތައް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ.

THE TRAVELLER AD

މުޅި ރާއްޖެއިން ޖުމްލަ 3,053 ބައިވެރިން ވާދަކުރާ މި މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށްދަނީ އަތޮޅުތައް ވަކިވަކިން ބަހާލައިގެންނެވެ.

އެގޮތުން ޖޫން 5 އަދި 6 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހުނު ފުރަތަމަ ބުރުގެ އޮޑިޝަންތައް ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ އަދި ނ. މަނަދޫގައި މިހާރު ވަނީ ބާއްވާ ނިންމާލާފައެވެ.

މި މުބާރާތުގެ ކުރިއަށް އޮތް އޮޑިޝަންތައް ރޭވިފައިވާ ގޮތަކީ:

  1. ޖޫން 12 އަދި 13: ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ナައިފަރު، އއ. ރަސްދޫ އަދި އދ. މަހިބަދޫ.
  2. ޖޫން 19 އަދި 20: ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ތ. ވޭމަންޑޫ.
  3. ޖޫން 26 އަދި 27: ލ. ފޮނަދޫ، ގއ. ވިލިނގިލި، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ (ހިތަދޫ) އަދި ސ. އައްޑޫ މީދޫ.
  4. ޖުލައި 3 އަދި 4: މާލެ އަތޮޅުގެ ރަށްތަކަށް ޚާއްޞަ ބުރު (މާލޭގައި).
  5. ޖުލައި 5 އިން 11 އަށް: މާލެ ސިޓީގެ ބައިވެރިންގެ އޮޑިޝަން.

އޮޑިޝަން ބުރަށްފަހު މާލޭގައި ސެމީ ފައިނަލް ބުރު ބާއްވާއިރު، މި ބުރަށް ހޮވޭނީ އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން %80 އަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތީ ނަތީޖާ ހޯދާ 500 ބައިވެރިންނެވެ. އަދި ފައިނަލް ބުރަށް ދާނީ ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން %85 އަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 150 ބައިވެރިންނެވެ.

ގަވާއިދަށް ގެނައި އެންމެ ބޮޑު ބަދަލަކީ، ސެމީ ފައިނަލް އަދި ފައިނަލް ބުރުގެ ކިޔެވުންތަކަށް އިންސާފުކުރާ ފަނޑިޔާރުންގެ 2 ޕެނަލްގައިވެސް، މަދުވެގެން ބައިނަލްއަޤުވާމީ ފެންވަރުގެ 1 ފަނޑިޔާރަކު އިންނަވާ ގޮތަށް ހަމަޖެއްސެވުމެވެ.

މި މުބާރާތުގެ ފައިނަލްގައި ކޮންމެ ޢުމުރުފުރާއަކުންވެސް ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މުޅި މުބާރާތުން ބަލައިގެން، ނުބަލައި ކިޔެވުމުގެ ބައިން އަދި ޙާފިޡުންގެ ބައިން 1 ވަނަ ހޯދާ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC