logoEN
cocacola
ގައުމީ ގުރުއާން މުބާރާތް ފަސްކޮށްފި

ގައުމީ ގުރުއާން މުބާރާތް ފަސްކޮށްފި

އަލްފާ އަލީ

logo

4/27/2024, 11:42:09 AM

# ގައުމީ ޤުރުއާން މުބާރާތް

--

މި އަހަރު ބާއްވަން ހަމަޖެހިފައި އޮތް 36 ވަނަ ގައުމީ ޤުރުއާން މުބާރާތް އަނެއްކާ ވެސް ފަސްކޮށްފި އެވެ.

ގޮސިޔާ

ފުރަތަމަ މި އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ތާވަލުކުރި މުބާރާތް އެކިކަންކަމާއި ގުޅިގެން އަންނަ މަހު 27 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައެވެ. ނަމަވެސް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނީ މި މުބާރާތް އެތާރީހުގައިވެސް ނުބާއްވަން ނިންމާފައިވާ ކަމަށެވެ.

މުބާރާތް ފަސްކުރިކަން އިއުލާންކޮށް ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތް ފަށަން މިހާރު ތާވަލުކޮށްފައި އޮތް އާ ތާރީހަކީ ޖޫން 29 ކަމަށެވެ. މި ފަހަރު މުބާރާތް ލަސްކުރީ އޯ ލެވެލް އިމްތިހާން މި ދުވަސްވަރު ކުރިއަށްދާތީ އެވެ. މި މަހުގެ 25 ގައި ފެށި އެ އިމްތިހާހު ޖޫން 13 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

ގައުމީ ޤުރުއާން މުބާރާތަކީ 1981 އިން ފެށިގެން އިސްލާމިކް މިނިސްޓްރީން ދީނީ ގޮތުން ބާއްވަމުން އަންނަ އެންމެ ބޮޑު ހަރަކާތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ