
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ފެހިކުރުން: 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ބިޔަ ރުއް އިންދުމުގެ ހަރަކާތެއް ބާއްވައިފި
# ރައީސް މުއިއްޒު-
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޚާއްޞަ ރުއް އިންދުމުގެ ޙަރަކާތެއް ބާއްވައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ މި ޙަރަކާތަކީ ހުޅުމާލޭ ކޮމިޔުނިޓީ އެލަޔަންސް (އެޗް.ސީ.އޭ) އާއި މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއާއި، އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ހިންގި ނަމޫނާ ޙަރަކާތެކެވެ.
މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށާއި، ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ޤައުމީ ފެންވަރުގެ މަޝްރޫޢަށް އެއްބާރުލުން ދިނުމެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ މަތީ ފަންތީގެ ވެރިންނާއި، މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ. މި ޙަރަކާތުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ރުއް ވަނީ އިންދާފައެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ފަށާފައިވާ މި މަޝްރޫޢަކީ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ. މިއަދު ބޭއްވުނު މި ޙަރަކާތަކީ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ލަނޑުދަނޑިއަށް ވާޞިލްވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށްދިޔަ މުހިންމު ބޮޅެކެވެ.
ގުޅުންހުރި

ސައުދީ އަރަބިއްޔާގެ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެއިން ފުރާވަޑައިގެންފި

އެމްޑީޕީ ސަރުކާރުގައި ރާއްޖޭގައި ތަމްސީލުކުރީ ޕްރޯ އިޒްރޭލް ޕޮލިސީއެއް: ރައީސް

ރައީސްގެ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް: މިހާތަނަށް އިންދި ގަހުގެ އަދަދު 2 މިލިއަނަށް ގާތްކުރޭ




