.jpg&w=3840&q=75)
ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާ އިބްރާހީމް ރަޝާދު އަވަހާރަވުމުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
# ރައީސް މުއިއްޒު-
ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްގެ ލަޤަބު އަރުވައިފައިވާ، އަދި ދައުލަތުގެ މަތީ މަގާމުތަކެއް ފުރުއްވި މއ. އަލިތަރި، އިބްރާހީމް ރަޝާދު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރުޙޫމް އިބްރާހީމް ރަޝާދަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމާއި، އަތޮޅުވެރިކަމުގެ އިތުރުންވެސް ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި، ތެދުވެރިކަމާއި، ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ދެއްކެވި ޙިކްމަތްތެރި ހިންގުންތެރި ޝަޚްޞިއްޔަތެއް ކަމަށެވެ. އަދި އެމަނިކުފާނު ވަކިވެދިއުމަކީ ޤައުމަށް ގެއްލިގެންދިޔަ ބޭނުންތެރި އަގުހުރި ތަޖްރިބާކާރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ޕޯސްޓުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، އިބްރާހީމް ރަޝާދަކީ ދައުލަތަށް ޚިދުމަތްކުރެއްވުމުގައި އުސޫލުތަކާއި ހަމަތަައް ހިފެހެއްޓެވުމާއި އަމާނާތްތެރިކަމުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު ހޯއްދަވައިފައިވާ ބޭފުޅެއް ކަމަށެވެ.
ފަހުގެ ތާރީޚުގައި ޤައުމު ދުށް މިފަދަ ޚިދުމަތްތެރި، ޚުލްޤު ހެޔޮ ބޭފުޅަކު ވަކިވެވަޑައިގަތުމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމްގެ ޢާއިލާއަށާއި، އެމަނިކުފާނު ޚިދުމަތްކުރެއްވި އެކި އިދާރާތަކުގެ މުވައްޒަފުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި، އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް އިބްރާހީމް ރަޝާދު ލެހެއްޓެވުން އެދި ހެޔޮ ދުޢާކުރައްވަމުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާ އިބްރާހީމް ރަޝާދު އަވަހާރަވުމުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ތިމާވެށި ހިމާޔަތްކުރަން ގްރީން ފަންޑުން އަހަރަކު 7 މިލިއަން ރުފިޔާ ޚަރަދުކުރަން ރައީސް ނިންމަވައިފި

ތިމާވެށި ހިމާޔަތްކުރުމަކީ ގައުމީ މަސްއޫލިއްޔަތެއް - ރައީސް




