logoEN
WAMCO TOP 1
ތިމާވެށި ހިމާޔަތްކުރުމަކީ ގައުމީ މަސްއޫލިއްޔަތެއް - ރައީސް

ތިމާވެށި ހިމާޔަތްކުރުމަކީ ގައުމީ މަސްއޫލިއްޔަތެއް - ރައީސް

އަހުމަދު ޝުރާއު

logo

6/5/2026, 6:05:10 PM

# ރައީސް މުއިއްޒު

-

މޫސުމީ ބަދަލުތަކާ ދެކޮޅަށް، އަދި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރެއްވުން މަތީ ދެމިހުންނަވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.

ރައީސްގެ މެސެޖުގައި އިންސާނިއްޔަތުގެ މުސްތަޤުބަލާއި ތިމާވެށީގެ ދުޅަހެޔޮކަމާ އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ މުހިންމުކަން ދިވެހިންނަށް ވަރަށް ރަނގަޅަށް އެނގޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއިން "ސޯލާ ސިޓީ" މަޝްރޫޢާއި، ކާރިސާތަކަށް ތައްޔާރުވުމާއި، ދުރާލާ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމުގެ އިތުރުން މާހައުލީ ނިޒާމު ރައްކާތެރިކުރުމަށް އުންމީދީ މޫސުމީ ފިޔަވަޅުތައް އަޅަމުންގެންދާނޭ ކަމަށް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ވަކިވަކި ފަރުދުންނަށާއި، ޤުދުރަތީ ވަސީލަތްތަކަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާއިރު، މިކަމުން އަރައިގަތުމަށް ބޭނުންވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކުގައި ކުރާ މަސައްކަތްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އަންނާން އޮތް ޖީލުތަކަށް ރައްކާތެރި މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ހުރިހާ މަސްލަހަތުވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން، "ދަ ފީޑް އެމް.ވީ" މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތިމާވެށި ހިމާޔަތްކުރުމަކީ ކޮންމެ ދިވެއްސެއްގެވެސް ގައުމީ މަސްއޫލިއްޔަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައްވާފައެވެ. އެގޮތުން ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ބޮޑު މަޝްރޫޢުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެ، ގަސްއިންދުމުގެ ހަރަކާތްތައް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގަތެވެ. ވަކިން ޚާއްޞަކޮށް، ފެހި ރާއްޖެއެއްގެ އަމާޒަށް ވާސިލުވުމަށްޓަކައި ތިމާވެށީގެ ރައްކާތެރިކަމުގެ ހަރަކާތްތަކުގައި ޒުވާނުން އިސްނަގައިގެން މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC