logoEN
WAMCO TOP 1
ޒަކާތު ސްކޮލަރޝިޕަށް އިޢުލާންކޮށްފައިވާ އިސްލާމީ ދާއިރާތައް ނޫން ދާއިރާތަކުން ކިޔެވުމަށްވެސް ޕްރޮޕޯސަލް ހުށަހެޅޭގޮތަށް ހަމަޖައްސައިފި

ޒަކާތު ސްކޮލަރޝިޕަށް އިޢުލާންކޮށްފައިވާ އިސްލާމީ ދާއިރާތައް ނޫން ދާއިރާތަކުން ކިޔެވުމަށްވެސް ޕްރޮޕޯސަލް ހުށަހެޅޭގޮތަށް ހަމަޖައްސައިފި

އަހުމަދު ޝުރާއު

logo

6/4/2026, 11:40:25 AM

# މޯލްޑިވްސް ޒަކާތު ހައުސް

-

މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާންކޮށްފައިވާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން، ކަނޑައެޅިފައިވާ އިސްލާމީ ދާއިރާތައް ނޫން އެހެނިހެން ދާއިރާތަކުން ކިޔެވުމަށް އެދި ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

THE TRAVELLER AD

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވަނީ 17 މޭ 2026 ގައެވެ.

މި ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން މާސްޓާސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10) އަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، އިސްލާމީ ތަރުބިއްޔަތު، އިސްލާމީ ދިރާސާ އަދި ޕަބްލިކޭޝަން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ހިމެނެއެވެ.

ނަމަވެސް، ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން ހަމައެކަނި ލިސްޓުކުރެވިފައިވާ ދާއިރާތަކަށް ބަރޯސާވާކަށް ނުޖެހޭނެއެވެ. އެގޮތުން، ސޮކޮލަރޝިޕަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ދާއިރާއަކީ ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް އެހީތެރިވެދޭނެ ދާއިރާއެއްކަން ބަޔާންކޮށްދެވޭ ނަމަ، އެހެނިހެން ދާއިރާތަކުން ކިޔެވުމަށް ވެސް ހުށަހެޅޭނެއެވެ. މި ގޮތަށް ހުށަހަޅާ ޕްރޮޕޯސަލްގެ ޓެމްޕްލޭޓް އިޢުލާނާ އެކު އެޓޭޗްކުރެވިފައިވާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ސްކޮލަރޝިޕްތަކުގެ ތަފްސީލު:
  1. ޖުމްލަ ސްކޮލަރޝިޕް: 30 ފުރުޞަތު
  2. ޚާއްޞަ ސްކޮލަރޝިޕް: 10 ފުރުޞަތު

މި ފުރުޞަތުތަކަށް އެޕްލިކޭޝަނާއި ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ އަށް އީމެއިލް މެދުވެރިކޮށެވެ. ސްކޮލަރޝިޕަށް އެދުމުގެ ސުންގަޑިއަކީ 16 ޖުލައި 2026 ގެ މެންދުރުފަހު 14:00 އެވެ.

ކޮމެންޓް
ފަހުގެ
HDC