logoEN
WAMCO TOP 1
އެމްޓީސީސީ ޓެކްސީލައިނުގެ އައު ޑްރައިވަރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރިކޮށްފި

އެމްޓީސީސީ ޓެކްސީލައިނުގެ އައު ޑްރައިވަރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރިކޮށްފި

އަހުމަދު ޝުރާއު

logo

6/4/2026, 11:20:21 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

އެމްޓީސީސީ ޓެކްސީލައިނާ އަލަށް ގުޅުނު ޑްރައިވަރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވުމަށްޓަކައި މައުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

THE TRAVELLER AD

ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނާއި އެމްޓީސީސީ ގުޅިގެން މި ޖޫން މަހުގެ ތިންވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނަކީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ޑްރައިވަރުން އަހުލުވެރިކޮށް، މަގުމަތީގައި އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަން ބުނެދިނުމާއެކު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގްސަދުގައި ބޭއްވި ސެޝަނެކެވެ.

މި ސެޝަނުގެ ތެރެއިން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގައި އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކުގެ އިތުރުން، ދުއްވާއިރު އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ޑްރައިވަރުންނަށް ވަނީ ތަފްސީލީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން، މަގުމަތީގެ އާންމު ގަވާއިދުތަކަށް ބޯލެނބުމާއި، ޓްރެފިކް ނިޝާންތަކަށް ސަމާލުވުމުގެ މުހިންމުކަމާއި، ކޮންމެ ދަތުރެއް ފެށުމުގެ ކުރިން އުޅަނދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބަލަންޖެހޭ ކަންކަންވެސް ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކާއި ދިމާވާ އެކިކަހަލަ ކުއްލި މައްސަލަތައް ހައްލުކުރުމުގައި ޑްރައިވަރުން އަދާކުރަންޖެހޭ ދައުރާ ގުޅޭގޮތުންނާއި، އެފަދަ ނުރައްކާތެރި ހާލަތްތަކުގައި އަމަލުތައް ބަހައްޓަންވީ އެންމެ ރަނގަޅު ގޮތްތަކުގެ މައުލޫމާތުވެސް މި ސެޝަނުގައި ވަނީ ދަސްކޮށްދީފައެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި މި ތަމްރީނު ސެޝަނުގައި އެ ކުންފުނީގެ ބާވީސް ޑްރައިވަރުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް
ފަހުގެ
HDC