logoEN
WAMCO TOP 1
ތުހުމަތެއްގައި ސުވާލުކުރުމަށް ބިދޭސީއަކު ފުލުހަށް ހާޒިރުވާން އަންގައިފި

ތުހުމަތެއްގައި ސުވާލުކުރުމަށް ބިދޭސީއަކު ފުލުހަށް ހާޒިރުވާން އަންގައިފި

އަހުމަދު ޝުރާއު

logo

6/3/2026, 12:11:51 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ބޭނުމަށް، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޫމިން (48އ) ހާޒިރުކުރުމަށް ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

THE TRAVELLER AD

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އިއުލާނެއްގެ ޒަރީއާއިން އޭނާ ހާޒިރުވުމަށް ވަނީ އަންގާފައެވެ.

އައިޑީ ކާޑު ނަންބަރު EH0820111 ގެ ރެސިޑެންޓް ކާޑެއް ގެންގުޅޭ މޫމިން ހާޒިރުކުރަނީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ހާޒިރުވާންޖެހެނީ 2026 ޖޫން 23 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، މާފަންނު ޕޮލިސް ސްޓޭޝަނަށެވެ.

ކޮމެންޓް
ފަހުގެ
HDC