logoEN
WAMCO TOP 1
ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮނިގަނޑަށް ބޮޑު ބަދަލެއް: ހިންގުން ހަރުދަނާކުރަން 14 ކޮމާންޑެއް!

ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮނިގަނޑަށް ބޮޑު ބަދަލެއް: ހިންގުން ހަރުދަނާކުރަން 14 ކޮމާންޑެއް!

އަހުމަދު ޝުރާއު

logo

6/2/2026, 10:40:56 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެ މުއައްސަސާގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އައު އޮނިގަނޑަށް ޢަމަލުކުރަން ފަށައިފިއެވެ.

THE TRAVELLER AD

މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތައާރަފްކުރި މި ބަދަލަކީ ފުލުހުންގެ ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ގެނައި ބަދަލެއް ކަމަށް ފުލުހުންގެ އިދާރާއިން މަޢުލޫމާތުދެއެވެ. މި ބަދަލާއެކު، އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ޚިދުމަތްތަކާއި، ތަހުގީގުގެ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ 14 ކޮމާންޑެއްގެ ދަށުން ވަކިވަކިން ތަރުތީބުކުރެވިފައެވެ. މިގޮތުން އައު އޮނިގަނޑުގައި ހިމެނޭ ކޮމާންޑް ލެވެލްގެ ބައިތަކަކީ:

  1. އޮފީސް އޮފް ދަ ކޮމިޝަނަރ
  2. ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
  3. ޕްރޮފެޝަނަލް ސްޓެންޑަރޑްސް
  4. ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
  5. އިންޓަރނަލް ޞިއްޙީ ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
  6. ފޮރެންސިކް ސަރވިސަސް
  7. ސެންޓްރަލް އިންވެސްޓިގޭޝަންސް
  8. މާލޭ ޕޮލިސް އަދި ހުޅުމާލޭ ޕޮލިސް
  9. ނޮދަން ޕޮލިސް އަދި ސަދަން ޕޮލިސް
  10. ސަރވިސް ޑިވެލޮޕްމަންޓް
  11. ސަރވިސް ސަޕޯޓް
  12. ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ

މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށެވެ. މީގެ އިތުރުން، ޚިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީވެސް މި ބަދަލުގެ މައިގަނޑު މަގުސަދެއް ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC