logoEN
WAMCO TOP 1
ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ ތެރެއިން ދެ ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ ތެރެއިން ދެ ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

6/3/2026, 10:37:30 AM

# މޯލްޑިވްސް ބާ ކައުންސިލް

-

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ ތެރެއިން ދެ ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އެ ކައުންސިލުން މިއަދު ހުޅުވާލައިފައެވެ.

THE TRAVELLER AD

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ހުޅުވާލާފައިވާ މި ފުރުޞަތަކީ ބާ ކައުންސިލްގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މެންބަރުން އައްޔަންކުރުމަށް ހުޅުވާލި ފުރުޞަތެކެވެ. މިގޮތުން މެންބަރުން ބޭނުންވަނީ ޤާނޫނީ ތަޢުލީމު ކޮމިޓީއަށް އެއް މެންބަރަކާއި، އެތިކްސް ކޮމިޓީއަށް ހަތަރު މެންބަރުންނެވެ.

މި މަޤާމުތަކަށް ކުރިމަތިލެވޭނީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް، އަދި ޤާނޫނީ ދާއިރާގައި މަދުވެގެން ފަހެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އެ މީހެއްގެ ނަޒާޙަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ އެއްވެސް މައްސަލައެއް ޝަރުޢީ ކޯޓަކުން ނުވަތަ ބާ ކައުންސިލުން ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.

ޤާނޫނީ ތަޢުލީމު ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޤާނޫނީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ލަފާދިނުމާއި، ކޯސްތަކުގެ މުޤައްރަރާއި ޝަރުޠުތައް އެކުލަވައިލުމަށް އެގްޒެކެޓިވް ކޮމިޓީއަށް އެހީތެރިވުން ހިމެނެއެވެ.

މި މަޤާމުތަކަށް އޮންލައިންކޮށް ގޫގްލް ފޯމް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ކުރިމަތިލެވޭނެއެވެ. އީމެއިލްއިން ހުށަހަޅާނަމަ، ހުރިހާ ލިޔެކިޔުންތަކެއް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލްއެއްގެ ގޮތުގައެވެ. ވަކިވަކި ފައިލްތައް ބަލައިނުގަންނާނެ ކަމަށް ބާ ކައުންސިލުން ބުނެއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީއާއި، ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީގެ އިތުރުން މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއާއި ޑީޖޭއޭއިން ދޫކުރާ ކުށާއި ދަރަނީގެ ރިކޯޑު ފޯމު ހިމެނެއެވެ.

ކޮމެންޓް
ފަހުގެ
HDC