logoEN
WAMCO TOP 1
މިނިސްޓަރ ގީލާ ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވްއާ ބައްދަލުކުރައްވައި، ޞިއްޙީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މިނިސްޓަރ ގީލާ ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވްއާ ބައްދަލުކުރައްވައި، ޞިއްޙީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އަހުމަދު ޝުރާއު

logo

6/2/2026, 2:07:08 PM

# ހެލްތު މިނިސްޓްރީ

-

މިނިސްޓަރ އޮފް ހެލްތު ގީލާ ޢަލީ، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓެޓިވް މިސްޓަރ އަދުނާން ޗީމާއާ ބައްދަލުކުރައްވައިފިއެވެ.

THE TRAVELLER AD

ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާގެ އިތުރުން، ޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށާއި ރައްޔިތުންގެ ބާއްޖަވެރިކަމަށްޓަކައި ދެފަރާތުން ގުޅިގެން ކުރިއަށްގެންދެވޭނެ މުހިންމު ކަންކަމާ ގުޅޭގޮތުންނާއި، ކުރިއަށް އޮތް ތަނުގައި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ގީލާ ޢަލީ ވަނީ، ރާއްޖޭގެ ތަރައްޤީގެ އެކި ދާއިރާތަކުން، ޚާއްޞަކޮށް އެންމެން ބައިވެރިވާ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޔޫއެންޑީޕީން ދެމުންދާ މެދުކެނޑުމެއްނެތް އެހީތެރިކަމާއި ބާއްވަވާ ގާތް ބައިވެރިވުން ފާހަގަކުރައްވައި، އެ ޖަމްޢިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC