logoEN
WAMCO TOP 1
"ދިރިތި" ޕޯޓަލްގެ ޚިދުމަތްތައް "ވަން ގަވް" އަށް ބަދަލުކުރަނީ

"ދިރިތި" ޕޯޓަލްގެ ޚިދުމަތްތައް "ވަން ގަވް" އަށް ބަދަލުކުރަނީ

އަހުމަދު ޝުރާއު

logo

6/2/2026, 10:34:02 AM

# ހެލްތު މިނިސްޓްރީ

-

އަމިއްލަ ދިރިއުޅުމަށްޓަކައި ގޭގައި ކާބޯތަކެތި އުފައްދައިގެން ވިއްކާ ފަރާތްތައް ދަފްތަރުކުރުމަށް ބޭނުންކުރާ "ދިރިތި" ޕޯޓަލްގެ ޚިދުމަތްތައް، ސަރުކާރުގެ އެއް ވިއުގައަކުން ޚިދުމަތްތައް ފޯރުކޮށްދޭ "ވަން ގަވް" ޕޯޓަލްއަށް ބަދަލުކުރަން ނިންމައިފިއެވެ.

THE TRAVELLER AD

ހެލްތު މިނިސްޓްރީން ބުނީ މި ބަދަލާ ގުޅިގެން މާދަމާ (3 ޖޫން 2026) ގެ މެންދުރުފަހު 14:00 އިން ފެށިގެން "ދިރިތި" ޕޯޓަލްއިން މި ޚިދުމަތް ދިނުން މެދުކަނޑާލާނެ ކަމަށެވެ.

މިއާއިއެކު އަންނަ އާދިއްތަ ދުވަހުން (7 ޖޫން 2026) ފެށިގެން މި ޚިދުމަތަށް އެދި އަލަށް ހުށަހަޅަންޖެހޭނީ "ވަން ގަވް" ޕޯޓަލް މެދުވެރިކޮށެވެ،

މި ދެމެދުގައިދާ މުއްދަތުގެ ތެރޭގައި، ކުރިން "ދިރިތި" ޕޯޓަލްގައި ރަޖިސްޓްރީވެ ދަފްތަރުކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތުތައް "ވަން ގަވް" ޕޯޓަލްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަން ވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހޮޓްލައިން ނަންބަރު 7603204 ނުވަތަ 3034221 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC