logoEN
WAMCO TOP 1
 މަޑަވެއްޔަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވެއްޖެ

މަޑަވެއްޔަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވެއްޖެ

އަހުމަދު ޝުރާއު

logo

5/31/2026, 5:39:30 AM

# ތިނަދޫ ފަޔާ ސްޓޭޝަން

-

މަޑަވެއްޔަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.

THE TRAVELLER AD

އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި، ގދ. މަޑަވެއްޔަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުން، ފެން ހިންދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން ގދ. މަޑަވެލީގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން ފަށާފައި ވަނީ ރޭ 01:35 ހާއިރުއެވެ.

ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ މިއަދު 09:40 ހާއިރު ވަންދެން ހަރަކާތްތެރިވެފައެވެ.

އެގޮތުން މަގުތަކުގައި ބޮޑުވެފައި ހުރި ފެންގަނޑު ހިއްކައި، މިހާރު ވަނީ އާންމު ހާލަތަކަށް ގެނެވިފައެވެ.

ކޮމެންޓް
ފަހުގެ
HDC