
ފަޔަރ ޕްރިވެންޝަން ވީކް ފާހަގަ ކުރުމުގެ ގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތަކެއް
ކޮންމެ އަހަރެއްގެ ރަމަޞާން މަހާއި ދިމާކޮށް ސިފައިން ކުރިޔަށް ގެންދާ ފަޔާ ޕްރިވެންޝަން ވީކުގެ ތެރެއިން ތިނަދޫ ސިޓީގައި ޚާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.

ތިނަދޫ ސިޓީގައި ކުރިޔަށް ގެންދާ ހަރަކާތްތައް ކުރިޔަށް ދަނީ ތިނަދޫ ފަޔާރ ސްޓޭޝަނާއި ތިނަދޫ އަންހެހުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެންނެވެ.
އެގޮތުން ފަޔަރ ޕްރިވެންޝަން ވީކް ފާހަގަ ކުރުމުގެ ގޮތުން މިމަހުގެ 25 ވަނަ ދުވަހު ގދ. ތިނަދޫ ސިޓީގައި ޑޯ ޓު ޑޯ ޕްރޮގްރާމެއް ވަނީ ފަށާފައި އެވެ. މި ޕްރޮގްރާމުގައި ތިނަދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން އަންނަނީ އެސިޓީގެ ގޭބިސީތަކަށް ޒިޔާރާތްކޮށް ގޭސް ފުޅިން ދިމާވާ ބައެއް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުމަށް މައުލޫމާތު ދީ ރައްޔިތުން ހޭލުންތެރި ކުރަމުންނެވެ. އެގޮތުން މިހާތަނަށް 70 އަށް ވުރެ ގިނަ ގެއަށް ޒިޔާރާތްކޮށް މައުލޫމާތު ދީފައި ވެއެވެ.
މި ހަރަކާތުގެ އިތުރުން އެރަށުގެ ސްޓޫޑިއޯތަކާއި ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރިވުމަށް އަހުވެލިކުރުމުގެ ގޮތުން ވީޑިއޯ މެސެޖުތައް އުފައްދައި ރައްޔިތުންނަށް މައުލޫމާތު ދިނުންވެސް ދަނީ ކުރިޔަށް ގެންދަމުންނެވެ. މި ވީޑިއޯ މެސެޖުތައް އުފެއްދުމަށް އެސިޓީގެ ދެ ސްޓޫޑިއޯއެއް ކަމަށްވާ ސްޓޫޑިއޯ 33 އާއި ޗައްޕަލާ ސްޓޫޑިއޯއިން ދަނީ ތިނަދޫ ފަޔާ ސްޓޭޝަނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުންވެސް ގދ އަތޮޅުގެ އިތުރު ރަށްތަކުގައިވެސް މިފަދަ ހަރަކާތްތައް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ދަނީ ކުރިޔަށް ގެންދަމުންނެވެ.
މިމަހުގެ 25 އަދި 26 ވަނަ ދުވަހު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އިސްނަގައިގެން، އެ އޭރިއާއަށް ނިސްބަތްވާ ރަށްތަކުގެ ތެރެއިން ހަ ރަށެއްގައި މި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ހަރަކާތްތައް ކުރިއަށް ގެންދިޔަ ރަށްތަކުގެ ތެރޭގައި ގދ.ތިނަދޫ، ގދ.ގައްދޫ، ގދ.ވާދޫ، ގދ.ފަރެސްމާތޮޑާ، ގދ.ފިޔޯރީ އަދި ގދ.ރަތަފަންދޫ ހިމެނެއެވެ.
މިމަހު 25 ވަނަ ދުވަހު ގދ.ގައްދޫ އަދި ގދ.ވާދޫގައި ވެސް ވަނީ ފަޔަރ ޕްރިވެންޝަން ވީކް ފާހަގަ ކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި ގދ. ގައްދޫގައި ކުރިއަށް ގެންދިޔަ ސެޝަންގައި 30 ފަރާތަކުން ބައިވެރިވެފައިވާއިރު ގދ.ވާދޫގައި ކުރިއަށް ގެންދިޔަ ސެޝަންގައި 28 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މިމަހު 26 ވަނަ ދުވަހު ވަނީ ގދ.ފިޔޯރީ އަދި ގދ.ރަތަފަންދޫގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ގދ. ފިޔޯރީގައި ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަންގައި އެރަށުގެ 20 ފަރާތަކުން ބައިވެރިވިއިރު، ގދ. ރަތަފަންދޫގައި ކުރިއަށް ގެންދިޔަ ސެޝަންގައި 36 ފަރާތަކުން ބައިވެރިވިއެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތްތަކަކީ އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.
ގުޅުންހުރި

މަޑަވެއްޔަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވެއްޖެ

ތިނަދޫ އާއި ކާޑެއްދޫ ބްރިޖް: ކްރޮސް ސަބްސިޑީ އުސޫލުން ޕްރޮޕޯސަލްތަކެއް ލިބި، އެވެލުއޭޝަން މަރުހަލާ ކުރިއަށް!

ތިނަދޫ ސިޓީގައި މިއަހަރު ނަފްސާނީ ފަރުވޭދޭ ކްލިނިކެއް ގާއިމްކުރަނީ




