logoEN
WAMCO TOP 1
ދައުލަތުގެ ޚިދުމަތްތެރިޔާ ޢަބްދުﷲ ޝަރީފް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ދައުލަތުގެ ޚިދުމަތްތެރިޔާ ޢަބްދުﷲ ޝަރީފް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

އަހުމަދު ޝުރާއު

logo

5/29/2026, 2:16:59 PM

# ރައީސް މުއިއްޒު

-

ލ. ދަނބިދޫގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އެރަށު ނިރިލި، ޢަބްދުﷲ ޝަރީފް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބޭފުޅާގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ޢަބްދުﷲ ޝަރީފް އަވަހާރަވުމާ ގުޅިގެން މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފަކީ ކުރީގެ ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ކޯޑިނޭޓަރެއްގެ މަޤާމުގައި، އެމަނިކުފާނާ ވަރަށް ގާތުން މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މަރްޙޫމް ޢަބްދުﷲ ޝަރީފް ދައުލަތަށާއި ރަށަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން އޭނާއަކީ ދަނބިދޫގެ ކަތީބުކަމުގެ މަޤާމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ސަރުކާރުގެ އެކި ވަޒީފާތައް ފުރުއްވި ހީވާގި، ނަމޫނާ ޚިދުމަތްތެރިއެއްކަން ރައީސް ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ މަރްޙޫމް ޢަބްދުﷲ ޝަރީފްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވަމުންނެވެ. އަދި މި ހިތާމަވެރި ވަގުތު އެ މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް
ފަހުގެ
HDC