
ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެން ހައްޖު ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
# ރައީސް މުއިއްޒު-
1447 ވަނަ އަހަރުގެ ޙައްޖު ދުވަހުގެ މުނާސަބަތުގައި، އެންމެހައި ދިވެހި ރައްޔިތުންނަށް ހެޔޮ ދަރުމަ އާއި ޘަވާބު ދެއްވުން އެދިވަޑައިގެން ދުޢާކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޚާއްޞަ މެސެޖެއް ހިއްސާކުރައްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި މި މެސެޖުގައި އެމަނިކުފާނު މި ބަރަކާތްތެރި ދުވަސް ސިފަކުރައްވާފައިވަނީ، ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ ދުވަހެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ.
ޙައްޖު ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ އެކްސްގައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައިވެއެވެ
އަދި ދިވެހި ކޮންމެ އަޚަކާއި އުޚްތަކަށް، އަދި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ޙައްޖު ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.




.jpg&w=3840&q=75)

