.jpg&w=3840&q=75)
އަލީ ޒުބައިރު
ދިވެހި ދައުލަތައް ހިދުމަތްކުރެއްވުމުގެ އިނާމު ހާސިލްކުރައްވާފައިވާ އަލްމަރްހޫމް އަލީ ޒުބައިރް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.

ރައީސް ތައުޒިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓެއް ހިއްސާކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ ހިދުމަތުގައި 43 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތެއްގައި، މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ކަމަށެވެ.
"އަޅުގަނޑާއެކު މަސައްކަތްކުރެއްވިއިރު، ޢަލީ ޒުބައިރުގެ ފަރާތްޕުޅުން އަޅުގަނޑު ކޮންމެ ދުވަހަކުމެ ދުށީ މުރާލިކަމާއި އިޚުލާޞްތެރިކަމާއި ކަމޭހިތުމާއެކު ކަންކަން ކުރެއްވުމުގެ ރީތި ނަމޫނާ. ގާތް އަޚެއްގެ ގޮތުގައި އަބަދުވެސް ހެޔޮއެދިވަޑައިގެން ދެއްވި މަޝްވަރާތަކާއި އެއްބާރުލެއްވުމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ." ރައީސް ވިދާޅުވި އެވެ.
އެހެންކަމުން އެންމެންނާ ރަޙްމަތްތެރި، އޯގާތެރި މިތުރަކު ވަކިވެ ދިއުމުގެ ހިތާމަ އިޙްސާސްކުރާ މި ދަނޑިވަޅުގައި، މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާކަމަށް ރައީސް ވިދާޅުވި އެވެ."މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމް ޢަލީ ޒުބައިރު ލަހައްޓަވާށި. ދަރުމައާއި ޘަވާބު އިތުރުކޮށްދެއްވާށި. އާމީން" ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ދައުލަތައް ގިނަ ހިދުމަތްކޮށްދެއްވި ޢަލީ ޒުބައިރު އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަސްދީޤުކުރައްވައިފި

މި އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް ވަނީ އިތުރުވެފަ: ޒަކާތު ހައުސް
.jpg&w=3840&q=75)



