
-
ބަލިހާލަތެއް މެދުވެރިވެގެން ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް، ކަރެކްޝަންސްގެ ބަންދުގައި ހުރި ގައިދީއަކު ފިލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާމަކުރި ގޮތުގައި ހޮސްޕިޓަލުން ފިލާފައިވަނީ ހުޅުމާލޭ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ލ. މާބައިދޫ، ޝަބްނަމް ހައުސް، ހުސެއިން ޝަހުބާންއެވެ. އޭނާ ހޮސްޕިޓަލުން ފިލުމާ ގުޅިގެން، ފުލުހުންނާ ގުޅިގެން އޭނާ ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައެވެ.
ޝަހުބާންއަކީ މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހެކެވެ. އެ ހާދިސާގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ކަރެކްޝަންސްއިން ވަނީ ފިލައިގެން އުޅޭ ހުސެއިން ޝަހުބާންއާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންގެ ނަންބަރު 3322111 އަށް ގުޅައި އެކަން ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.
ގުޅުންހުރި

ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިފި: އަދި ނުފެނޭ!
.jpeg&w=3840&q=75)
ދަރަވަންދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ކަލާފާނު ސުކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި




