logoEN
WAMCO TOP 1
ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަން: ހާލު ދެރަވި ސިފައިންގެ ޑައިވަރު ނިޔާވެއްޖެ

ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަން: ހާލު ދެރަވި ސިފައިންގެ ޑައިވަރު ނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

5/16/2026, 10:22:19 AM

# ސިފައިން

-

ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަންގައި ހަރަކާތްތެރިވަމުންދަނިކޮށް ހާލު ދެރަވި ސިފައިންގެ ޑައިވަރު ނިޔާވެއްޖެ އެވެ.

THE TRAVELLER AD

މިކަން ދާދި ދެންމެ އަކު އެމްއެންޑީއެފުންވެސް ވަނީ ކަށަވަރުކޮށްދީފައި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ދާދި ދެންމެ އަކު ވިދާޅުވީ ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެފައިވާ ކަމަށެވެ.

މަހުދީ ނިޔާވެފައިވަނީ ހާލު ދެރަވެގެން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއްގެ ތެރޭގައި އެވެ.

މަހުދީއަކީ ސިފައިންގެ ތެރޭގައި މިވަގުތު ހުރި އެންމެ ގާބިލް އެއް ޑައިވަރެވެ.

އިޓަލީގެ ފަތުރުވެރިންތަކެއް ގެއްލުނު ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުރާސްފަތި ދުވަހު ބުނީ ބުނީ ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް އެދުވަހުގެ 13:45 ހާއިރު ލިބުމާ އެކު، މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދިޔައީ ކުރަމުން ކަމަށެވެ. މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަންދަނީ ލިބެމުން ކަމަށެވެ.

އެގޮތުން ގެއްލުނު ކަމުގެ ރިޕޯޓު ލިބުނު 5 ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، ހާދިސާ ހިނގި ދުވަހުގެ 18:13 ހާއިރު މޫދު އަޑިން ކަމަށާއި އެމީހާގެ ހަށިގަނޑު ވ.ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައި ކަމަށް ސިފައިން ވަނީ ބުނެފައި އެވެ.

ސިފައިން އިތުރަށް ބުނީ އޭނާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށާއި ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށެވެ.

މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު އެސަރަހައްދަށް ފޮނުވާފައިވާ ކަންވެސް ވަނީ ސިފައިން ހާމަކޮށްފައެވެ.

އަދި މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެކަންވެސް ހާމަކޮށްފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC