
މާލޭގެ ދެކުނު ފަރާތު ބަނދަރު ތޮށިގަނޑު މައްޗަށް ކުނި އެޅި ލޯންޗެއް ހޯދައި ޖޫރިމަނާކޮށްފި
# މާލެ ސިޓީ ކައުންސިލް-
މާލޭގެ ދެކުނު ފަރާތު ބަނދަރު ތޮށިގަނޑު މައްޗަށް ކުނި އެޅި ލޯންޗެއް ހޯދައި ޖޫރިމަނާކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ 12 މޭ 2026 ވަނަ ދުވަހު ލޯންޗަކުން މާލޭގެ ދެކުނު ފަރާތު ބަނދަރު ތޮށިގަނޑު މައްޗަށް ކުނިއަޅާފައި ފުރި މައްސަލާގައި އިއްޔެ (13 މޭ 2026) ވަނަ ދުވަހު މިލޯންޗް އަނބުރާ މާލެ އައުމުން، މާލޭގެ އުތުރުފަރާތު 1 ނަންބަރ ޖެޓީގައި އޮއްވާ މާލެސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓު ޔުނިޓުން މިލޯންޗު ހޯދުމަށް ފަހު ޖޫރިމަނާ ކޮއްފައިވާ ކަމަށެވެ.
ނަމަވެސް އެ ލޯންޗުގެ ވަނަވަރު ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.
މިފަދަ މައްސަލަތަކީ 2010/11 އާޢްމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފް އަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނާކަމެއްކަމުގައިވާތީ، މަގުތަކާއި އާއްމު ތަންތަނަށް ކުނިނޭޅުމަށް މާލެސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ސިޓީ ކައުންސިލުން ވަނީ މާލެ ސިޓީ ސާފުތާހިރުކޮށް ބޭއްވުމަށް މާލޭގައި ދިރިއުޅުއްވާ ފަރާތްތަކާއި މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަން ހާމަކޮށްފައެވެ.
ގުޅުންހުރި

މާލޭގެ ދެކުނު ފަރާތު ބަނދަރު ތޮށިގަނޑު މައްޗަށް ކުނި އެޅި ލޯންޗެއް ހޯދައި ޖޫރިމަނާކޮށްފި

ހުސްވި ހަފްތާ ތެރޭ މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން 862 މައްސަލައަށް އެޓެންޑުވި!

އެފްޑީސީ ފްލެޓްތަކުގެ ރަށްވެހި ލިޔެކިޔުންތައް އޮންލައިންކޮށް ލިބޭގޮތް ހަދައިފި




