logoEN
WAMCO TOP 1
އަލަވޭސް އަތުން ޗެމްޕިއަން ބާސެލޯނާ ބަލިވެއްޖެ

އަލަވޭސް އަތުން ޗެމްޕިއަން ބާސެލޯނާ ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

5/14/2026, 4:56:10 AM

# ބާސެލޯނާ# ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# އަލަވޭސް

ބާސެލޯނާ އާއި އަލަވޭސް ވާދަކުރި މެޗުގެ ތެރެއިން..

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ޗެމްޕިއަން ބާސެލޯނާ އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެ އަލަވޭސް އިން ރެލިގޭޝަން ޒޯނާއި ފެއަށް ޖެހިލައިފިއެވެ.

THE TRAVELLER AD

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި ރެއާލް މެޑްރިޑް 2-0 ގެ ނަތީޖާއަކުން ބަލިކޮށް ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާއިރު، ލީގުގައި އަލަވޭސް އެންމެ ފަހުން ކުޅުނު މެޗުގައި އެލްޗޭ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.

މުޅި މެޗުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި އަލަވޭސްގެ ގޯލާއި އަމާޒުކޮށް އެޓީމަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. އަދި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަލަވޭސްއަށް ކާމިޔާބުކޮށްދިނީ ފޯވާޑް އިބްރާހިމް ޑިއަބާޓޭ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 36 މެޗުން އަލަވޭސްއަށް 40 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ބާސެލޯނާ އިން ލީގުގަައި ކުޅުނު 36 ހޯދި 91 ޕޮއިންޓާއެކު ލީގައި ބާކީ ދެ މެޗު އޮތްއިރު، އެޓީމުން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC