
-
މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިރުތިޝާމް އާދަމް، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑޮކްޓަރ އެސް. ޖައިޝަންކަރު އާ މިއަދު ނިއުދިއްލީ ގައި ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ މިނިސްޓަރުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ ދައުރު ފާހަގަކޮށް، އިޤްތިސާދީ ރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.
މިއީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒްގެ ދަޢުވަތަކަށް މިނިސްޓަރ އިރުތިޝާމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ގުޅުންހުރި

ފޮރިން މިނިސްޓަރ އިރުތިޝާމް އިންޑިއާގެ ޖައިޝަންކަރާއި ބައްދަލުކުރައްވައިފި

ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ގެ ވަރކިންގ ގްރޫޕްގެ 52 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވާނެ

އަޒަރުބައިޖާން އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އާ ނުލައި ދަތުރުކުރެވޭގޮތް ހަމަޖައްސައިފި
.jpg&w=3840&q=75)



