
-
މިހިނގާ މޭ މަހުގެ 24 އަދި 25 އަކީ ސަރުކާރު ބަންދު ދުވަސްތައްކަމުގައި ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މޭ މަހުގެ 24 ވާ އާދީއްތަ ދުވަހާއި، މޭ 25 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން މިގޮތަށް މި ހަމަޖެއްސެވީ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމުގައި ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައި އެވެ.
މިއާއިއެކު ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެމަތީން، 2026 މޭ 31 ވާ އާދީއްތަ ދުވަހު އެވެ.
ގުޅުންހުރި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ޚާއްޞަ އިނާމަށް ފޯމު ހުށަހެޅުން އޮގަސްޓު 31 ގެ ނިޔަލަށް!
ރާއްޖޭގައި ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި 5 އަހަރު ދުވަހުގެ ޤައުމީ ކެމްޕޭނެއް!

ގަލްފް ހަނގުރާމައާއިއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރު ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ މާ ކުޑަ!




