logoEN
WAMCO TOP 1
ޕާސްޕޯޓު ބުކްލެޓްގެ ސްޓޮކް ގެނައުމުގައި ލަސްތަކެއް ދިމާވެ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން ހުއްޓުމަކަށް!

ޕާސްޕޯޓު ބުކްލެޓްގެ ސްޓޮކް ގެނައުމުގައި ލަސްތަކެއް ދިމާވެ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން ހުއްޓުމަކަށް!

އަހުމަދު ޝުރާއު

logo

5/9/2026, 7:16:16 AM

# މޯލްޑިވްސް އިމިގްރޭޝަން

-

ޕާސްޕޯޓު ބުކްލެޓްގެ ސްޓޮކް ގެނައުމުގައި ލަސްތަކެއް ދިމާވެ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން ހުއްޓުމަކަށް އައިސްފި އެވެ.

THE TRAVELLER AD

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ދިވެހި "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓްކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ދިވެހިރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެން، އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމަށް، 2026 މެއި 09 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތްތަކަށް ދޫކުރެވޭނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ކަމަށެވެ.

ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައި.ކާ.އޯ) ގެ މިންގަނޑުތަކާ އެއްގޮތް، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އަދި، "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ގެ ފީއަކީ 1,000/-(އެއްހާސް) ރުފިޔާ ނަމަވެސް، "އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ގެ ފީއަކީ 600/- (ހަސަތޭކަ) ރުފިޔާއެވެ.

މީގެއިތުރުން، މިފަދަ ހާލަތްތަކުގައި މީގެކުރިން ޢަމަލުކުރާ ގޮތާ ހިލާފަށް، އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހައްދަވާ ފަރާތްތަކުން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހައްދަވަން ބޭނުންވާ ހާލަތްތަކުގައި "ކެންސަލޭޝަން ފީ" ނެގުމަކާ ނުލާ، ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް ހަމަޖައްސައިދޭން ނިންމާފައިވާކަން އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އިމިގްރޭޝަނުން ވަނީ މިބަދަލާ ގުޅިގެން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް މާފަށް އެދިފައި އެވެ.

ކޮމެންޓް
ފަހުގެ
HDC