logoEN
WAMCO TOP 1
ޤައުމީ ދާރުލްއާސާރު ކޮންމެ ހޮނިހިރު ދުވަހަކު ހުޅުވާގޮތަށް ހަމަޖައްސަނީ

ޤައުމީ ދާރުލްއާސާރު ކޮންމެ ހޮނިހިރު ދުވަހަކު ހުޅުވާގޮތަށް ހަމަޖައްސަނީ

އަހުމަދު ޝުރާއު

logo

5/3/2026, 4:08:34 PM

# ގައުމީ ދާރުލްއާސާރު

-

ޤައުމީ ދާރުލްއާސާރަށް އާންމުންނަށް ވަދެވޭނެހެން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުވަން ހަމަޖައްސަވައިފިއެވެ.

THE TRAVELLER AD

ހޮނިހިރު ދުވަހު ދާރުލްއާސާރު އާންމުންނަށް ހުޅުވާލާނެކަން އިޢުލާން ކުރެއްވީ މި ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ހީނާ ވަލީދުއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޤައުމީ ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުކޮށް، އެތަނަށް ޒިޔާރަތްކުރުމަށް އޮންނަ ފުރުޞަތު އިތުރުކޮށްދިނުމަށް ޢާންމުންގެ ގިނަ ބަޔަކު އެދެމުންދާކަމަށެވެ. އެހެންކަމުން މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު އެ ޚިދުމަތް އާންމުންނަށް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށް ދާރުލްއާސާރު ޢާންމުންނަށް ވަދެވޭނެ ގޮތަށް ހުޅުވާފައި ބެހެއްޓުމަށް ނިންމާފައިވާކަން ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އާންމު ރައްޔިތުންގެ އެދުމުގެ މަތިން، ރޭގަނޑު ވެސް ދާރުލްއާސާރު ހުޅުވުމަށްޓަކައި އިދާރީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމުގައި ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޤައުމީ ދާރުލްއާސާރަކީ ގިނަ ޢަދަދެއްގެ ކިޔަވާކުދިންނާއި، އާންމުންނާއި ފަތުރުވެރިން ވެސް ބޭނުންކުރަމުންދާ ތަނަކަށްވާތީ، މި ބަދަލުތަކުގެ ސަބަބުން ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC