logoEN
WAMCO TOP 1
ޣާޒީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް، ހައިޑްރޯޕޮނިކްސް ތަމްރީނު ޕްރޮގްރާމެއް!

ޣާޒީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް، ހައިޑްރޯޕޮނިކްސް ތަމްރީނު ޕްރޮގްރާމެއް!

އަހުމަދު ޝުރާއު

logo

5/3/2026, 9:26:12 AM

# މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

-

ޣާޒީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ހައިޑްރޯޕޮނިކްސް ތަމްރީނު ޕްރޮގްރާމެއް ފެށިގެން ކުރިޔަށް އެބަދެއެވެ.

THE TRAVELLER AD

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން މިއަދު ބުނީ ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވާއި، ތަރަޤީކުރުމަށް، ސަރުކާރުން ނުހަނު އިސްކަމެއްދޭ ކަމަށާއި އެގޮތުން ކުރެވޭ އެންމެ މުހިންމުކަމަކީ ޅަފަތުގައި ކުދިން، މިކަމަށް އަހުކުވެރިކޮށް ޝައުގުވެރިކުރުން ކަމަށެވެ. މިގޮތުން މި މަގުސަދުގައި އެ ވުޒާރާއިން ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީންތައް ފޯރުކޮށްދެމުންދާކަމަށެވެ.

މި މަސައްކަތުގެ ތެރެއިން އޭޕްރީލް 23 ވަނަ ދުވަހު އެވުޒާރާއިން ވަނީ ޣާޒީ ސްކޫލުގައި ހައިޑްރޯޕޮނިކްސް ތަމްރީނު ޕްރޮގްރާމެއް ފަށާފައެވެ. މި ތަމްރީނަކީ 25 ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ ތަމްރީނެކެވެ.

މި ތަމްރީންގެ ތިއަރީ ސެޝަނުގައި ދަރިވަރުންނާއި މުވައްޒަފުންނަށް ހައިޑްރޯޕޮނިކްސްގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ފަންނީ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

އަދި އަމަލީ މަސައްކަތުގެ ފުރަތަމަ ސެޝަނުގައި، ގަސް އިންދުމަށް ބޭނުންވާ މީޑިއަމް ތައްޔާރުކުރާނެ ގޮތާއި އޮށް އިންދާނެ ގޮތް ދަރިވަރުންނާއި މުވައްޒަފުން ވަނީ ދަސްކޮށްފައެވެ. މިގޮތުން ދަރިވަރުން ކުރިން އިންދާފައިވާ ކުދި ގަސްތައް ވަނީ ހައިޑްރޯޕޮނިކްސް ސިސްޓަމްތަކަށް ބަދަލުކޮށްފައެވެ.

މި ތަމްރީން ޕްރޮގްރާމް، އޮށް އިންދުމާއި ހިސާބުން ފެށިގެން އެއިން ކާނާ ކެނޑުމާއިހަމައަށް ކުރިޔަށް ކުރިޔަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ފަހުގެ
HDC