.jpg&w=3840&q=75)
މީކައިލްގެ ރައްދު ފައްޔާޒުއަށް: ޕާޓީގެ އާންމު މެންބަރުން ބުނަމުންދަނީ ޕާޓީ ހިންގައެއް ނުލެވުނޭ!
# ފައްޔާޒް އިސްމާއިލް# މީކާއީލް ނަސީމް-
އެމްޑީޕީގެ އާންމު މެމްބަރުން ބުނަމުންދަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު އާއި ލީޑަރޝިޕަށް ޕާޓީ ހިންގާ ނުލެވުނު ކަމަށް ކަމުގައި ކުރިޔަށް އޮތް އެތެރޭގެ އިންތިހާބުގައި ވާދަކުރާ ޗެއާޕާސަން ކެނޑިޑޭޓު ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއީލް މިފަދައިން ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބާއި ގާތްވެފައިވަނިކޮށް އެޕާޓީގައި ފައިސާ ނެތް ކަމަށްބުނެ އިންތިހާބު ފަސްކުރުމަށް ވަގުތީ ޗެއާޕާސަން އެދިފައިވާ ދަނޑިވަޅެއްގައި މީކާއީލްގެ ފުރަތަމަ އަމާޒަކީ ޕާޓީގެ ފައިސާގެ ތަފްސީލު އާންމު މެންބަރުންނަށް ހާމަކުރުންކަމުގައި ވިދާޅުވުމާއިއެކު ޕާޓީގެ އޮޑިޓް ރިޕޯޓެއް ހިއްސާކުރައްވައި ކުރީގެ ޗެއާ ފައްޔާޒް އިސްމާއީލް މިއަދު މީސް މީޑިއާގައި މީކާއީލް އެރިޕޯޓު ބެއްލެވުމަށް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި މީކާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން އެޕާޓީގެ އޮޑިޓް ރިޕޯޓުތައް ހުރި ވެބްލިންކުގައި ވާގޮތުން ނަމަ އެންމެ ފަހުން ޕާޓީގެ އޮޑިޓެއް ހަދާފައިވަނީ 2024 ވަނަ އަހަރު އެވެ. އޭރު އެޕާޓީގެ ޗެއާޕާސަންއަކަށް ހުންނެވީ ފައްޔާޒު އިސްމާއީލް އެވެ. 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވާގޮތުން ނަމަ އެމްޑީޕީން އެއަހަރާއި އޭގެ ކުރީ އަހަރު މުސާރައާއި އިނާޔާތްތަކަށް އެކަނިވެސް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ފައްޔާޒުއަށް ރައްދު ދެއްވައި މީކާއިލް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަަހަރަކު އެއްފަހަރު އާންމު ކުރާ އޮޑިޓް ރިޕޯޓަކުން ނުފުދޭ ކަމަށާއި މުސާރައަށް 4 މިލިއަން ހަރަދުވީ ކިހިނެއްކަމާއި ޕާޓީގެ ހަރުމުދަލުގެ ތަފްސީލު މެންބަރުންނަށް އެނގެންޖެހޭ ކަމަށެވެ.
"ޕާޓީގެ އާންމު މެންބަރުން ބުނަމުންދަނީ މި ޕާޓީ ހިންގައެއް ނުލެވުނޭ ބަދަލު ކުރާށޭ!" މީކާއީލް ވިދާޅުވިއެވެ.
މިބީދައިން މީކާއިލް ފައްޔާޒުއަށް ރައްދު ދެއްވާފައިމިވަނީ ފައްޔާޒު އޭރު ޗެއާޕާސަންގެ ކެމްޕެއިންގައި ޝިޔާރެއްގެ ގޮތުގައި "ހިންގާލަން" ބޭނުންކުރުމާއި ގުޅިގެން ނުސީދާކޮށް ފައްޔާޒުއަށް ފާޑުވިދާޅުވަމުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
މީކައިލްގެ ރައްދު ފައްޔާޒުއަށް: ޕާޓީގެ އާންމު މެންބަރުން ބުނަމުންދަނީ ޕާޓީ ހިންގައެއް ނުލެވުނޭ!

ހަންކެޑެ ހަލާލް ޓުއަރިޒަމަށް ޚާއްސަ ކުރުމަކީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް
.jpg&w=3840&q=75)
ފައްޔާޒުއަށް ސަރުކާރުގެ ރައްދު: ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށްގެންދަވާ!




