.jpg&w=3840&q=75)
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވެއްޖެ: ކުރިމަތިލީ ސައީދު އާއި ސޯދިގު!
# އިލެކްޝަން ކޮމިޝަން-
އަންނަ ޖޫން މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި އިލެކްޝަނަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ސުންގަޑި ހަމަވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-C/01 ޤަޟިއްޔާއިން، ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ޙުކުމްކޮށްފައިވާތީ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވާން ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހު އެވެ.
މިގޮތުން މި އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު މިއަދުގެ މެންދުރު 15:00 އަށްވަނީ ހަމަވެފައި އެވެ.
އީސީން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މިއަދުގެ 15:00ގެ ނިޔަލަށް ހަމަވެފައިވާ ކަމަށާއި މި ބައި-އިލެކްޝަނަށް ކުރިމަތިލުމުލަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ފަރާތުން 1 ކެންޑިޑޭޓާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން 1 ކެންޑިޑޭޓް ހިމެނޭހެން ޖުމްލަ 2 ކެންޑިޑޭޓުން ހުށަހަޅާފައިވާ ފޯމު އެކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ.
ނަމަވެސް ކެނޑިޑޭޓުންގެ ނަން އަދި މިހާތަނަށް އީސީން ރަސްމީކޮށް ހާމަކޮށްފައިނުވެއެވެ. ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިހާބަށް ކުރިމަތިލެއްވީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވެއްޖެ: ކުރިމަތިލީ ސައީދު އާއި ސޯދިގު!
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ތިނެއް ޖެހުމާއި ހަމައަށް ވޯޓުލީ 3892 މީހުން!




