logoEN
WAMCO TOP 1
އެމްއައިބީއާއި ސޮނެވާ ނަމޫނާއާއި ގުޅިގެން ފައިނުގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢެއް ފަށަނީ

އެމްއައިބީއާއި ސޮނެވާ ނަމޫނާއާއި ގުޅިގެން ފައިނުގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢެއް ފަށަނީ

އަހުމަދު ޝުރާއު

logo

4/28/2026, 2:24:36 PM

# ރ. ފައިނު

-

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސޮނެވާ ނަމޫނާއާ ގުޅިގެން ރ.ފައިނޫގައި ސަސްޓެއިނަބަލް ވޭސްޓް މެނޭޖްމަންޓް މަޝްރޫއެއް ކުރިޔަށް ގެންދިޔުމަށް ސޮއިކޮށްފި އެވެ.

THE TRAVELLER AD

އެމްއައިބީއިން މިއަދު ބުނީ 2025 ވަނަ އަހަރުން ފެށިގެން އެބޭންކުން ސޮނެވާ ނަމޫނާއާއި ގުޅިގެން ތިމާވެއްޓާ ގުޅޭ މަޝްރޫޢުތަކެއް ކުރިޔަށްގެންދަމުންދާ ކަމަށާއި މީގެ ކުރިން ބ. ގޮއިދޫގައިވެސް ތިމާވެއްޓާ ގުޅޭ މިފަދަ މަޝްރޫޢެއް ހިންގާފައިވާ ކަމަށެވެ.

މިއާއިއެކު މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރ. ފައިނުގައި، ކުނި މެނޭޖްކުރާ ގޮތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން 7 ދުވަހުގެ ވޭސްޓް އޮޑިޓެއް ހިންގައި، ސިސްޓަމެއް ފަރުމާ ކުރުމަށް ބޭނުންވާ ބޭސްލައިނެއް ކަނޑައެޅި ކުނި މެނޭޖް ކުރުމަށް ކޮންމެހެން ބޭނުން ކުރަންޖެހޭ މެޝިނަރީތައް އިންސްޓޯލް ކުރުމާއި، އެތަކެތި ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ފައިނުގައި ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެބޭންކުން ބުނެއެވެ.

މީގެއިތުރުން ވެސް ކުނިން ގަސްކާނާ އުފައްދާނެ ގޮތުގެ މައްޗަށް ބިނާކޮށް ކުރިޔަށް ގެންދާ ޒީރޯ ވޭސްޓް ވޯކްޝޮޕްތައް ފައިނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށްވެސް ވަނީ ހަމަޖަހިފައެވެ.

މިކަމުގެ އިތުރުން މައްސަރު ކަންތައްތަކާއި، ދަރިމައިވުމުގެ ސިއްހަތާ ބެހޭގޮތުން ހޭލުންތެރި ކުރުވުމަށް ބާއްވާ ސެޝަންތައް ވެސް މީގެ ތެރޭގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ބޭންކުން މައުލޫމާތުދެއެވެ.

ކޮމެންޓް
ފަހުގެ
HDC