ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވަގުތީ މަސް މާރުކޭޓު ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި
# މަސް މާރުކޭޓު# އެޗްޑީސީ# ހުޅުމާލެމަސްމާރުކޭޓް- ފޮޓޯ: ޕީއެސްއެމް
ހުޅުމާލެ ފޭސް 1 ގައި ގާއިމްކޮށްފައިވާ ވަގުތީ މަސް މާރުކޭޓް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ) އިން މިކަން އިއުލާންކޮށްފައިވާއިރު، އެޗްޑީސީން ބުނީ ވަގުތީ މަސް މާރުކޭޓް ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައެޅިގެންދާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތުން، ހޮވޭ ފަރާތެއް ކަމަށެވެ.
އެޗްޑީސީން ބުނީ ލޮޓް ނަންބަރު TEMP 225 ކުއްޔަށް ދޫކުރާއިރު، އެތަނުގެ ބޮޑުމިނަކީ 2،378.82 އަކަފޫޓު ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ މެންދުރު 12:00 އިން ފެށިގެން މި އަންނަ މަހުގެ 5 ވާ އަންގާރަ ދުވަހު 14:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އެ ފަރާތްތަކުން ވަގުތީ މަސް މާރުކޭޓް ކުއްޔަށް ނެގުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް ލިންކްއިން ހަމައެކަނި އޮންލައިންކޮށް ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.
އެޗްޑީސީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރޭގައި ނެގޭ ގުރުއަތު ނެގުން މި އަންނަ މަހުގެ 17 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އަދި ގުރުއަތު ނެގުން އޮންނަ ގަޑިއާއި ތަން ފަހުން އިއުލާންކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަންގެ ވެބްސައިޓް ނުވަތަ އިން ނުވަތަ އެ ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅުއްވައިގެން ހޯދުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.
ގުޅުންހުރި

އިސޫ އަށް ހަމަލާ ދިން މީހާގެ ބަންދަށް 5 ދުވަސް ޖަހައިފި

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގައި ބައިވެރިވުމަށް ހުޅުވާލައިފި

ހުޅުމާލޭ ފަޅަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން މަޝްވަރާކޮށްފި




