logoEN
WAMCO TOP 1
ފުލުހުންގެ ކޮންމެ ދާއިރާއަކުންވެސް ފެންނަނީ އަންހެން އޮފިސަރުންގެ ގާބިލުކަމާއި ހުނަރުވެރިކަން: ސީޕީ

ފުލުހުންގެ ކޮންމެ ދާއިރާއަކުންވެސް ފެންނަނީ އަންހެން އޮފިސަރުންގެ ގާބިލުކަމާއި ހުނަރުވެރިކަން: ސީޕީ

# ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު# ސިޔާސީ# ދިވެހި ފުލުހުންގެ ޙިދުމަތް

ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ ކޮންމެ ދާއިރާއަކަށް ބެލިކަމުގައިވިޔަސް އަންހެން އޮފިސަރުންގެ ގާބިލުކަމާއި ހުނަރުވެރިކަމާއި ކެރޭކަން ފެންނަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ސީޕީ މިފަދައިން ވިދާޅުވީ “މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ”ގެ ތިންވަނަ ދައުރު އިފްތިތާހު ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވަނީ ފުލުހުންގެ ކޮންމެ ދާއިރާއަކަށް ބެލިކަމުގައިވިޔަސް އަންހެން އޮފިސަރުންގެ ގާބިލުކަމާއި ހުނަރުވެރިކަމާއި ކެރޭކަން ފެންނަމުންދާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، މުޖުތަމައާ ގުޅިގެން މަސައްކަތްކުރުމާއި ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނާގުޅޭ ނާޒުކު މައްސަލަތަކުގައި އަންހެން އޮފިސަރުންނަކީ އިތުބާރާއި ޔަގީންކަން އާލާކޮށްދޭ މުހިންމު ހިއްސާދާރެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

އަދި އަންހެން އޮފިސަރުންގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި، ފުންކޮށް ވިސްނުމުގެ ބާރަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ލިބޭ ބޮޑު ކުރިއެރުމެއްކަމަށާއި މުއައްސަސާގެ އަމާޒަކީ އެންމެން ޝާމިލުވާގޮތަށް ފަރަގުކުރުމެއް ނެތް ހަމަހަމަ މާހައުލެއް ގާއިމުކުރުން ކަމަށް ސީޕީގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ތިންވަނަ ދައުރުގެ ރައީސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ހަސަން ދެއްކެވި ވާހަކައިގައި، ފުލުހުންގެ ހިދުމަތުގައި އަންހެނުންނަކީ އެކަކު އަނެކަކު ބިނާކޮށް ކުރިއަރުވަން ހިތްވަރުދޭ ބަޔަކަށް ވާންޖެހޭ ކަމާށާއި މި ހިދުމަތުގެ ކަނބަލުންނަށް ހާއްސަ ކޮމެޓީއެއް އޮތުމަކީ އަންހެނުންގެ ކުރިއެރުވުމަށް އޮތް ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.

undefined

އަދި ރާއްޖޭގެ ކުށުގެ މާހައުލުގައި، ކުށުގެ ވެށީގެ އަނިޔާ ލިބޭ އަދި ކުށްކުރުމުގައި ބައިވެރިވާ އަންހެނުންގެ މިންވަރު އަންނަނީ އިތުރުވަމުންކަމަށާއި އެހެންކަމުން ދިވެހި ފުލުހުންގެ ހިދުމަތުގައި އަންހެން މުވައްޒަފުންނަށް އޮތް ދައުރު ފުޅާކުރުމަކީ ކުރަން ޖެހިފައިވާ މުހިންމު ގައުމީ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ލޯގޯ އިފްތިތާހުކޮށްދެއްވާފައެވެ. އަދި ފާއިތުވި ދައުރުގެ ފޮތް ނެރެދެއްވައި، ކޮމިޓީގެ ފާއިތުވި ދައުރާއި މި ދައުރުގެ މެންބަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC