logoEN
WAMCO TOP 1
މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ތިންވަނަ ދައުރު އިފްތިތާހުކޮށްފި

މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ތިންވަނަ ދައުރު އިފްތިތާހުކޮށްފި

# ދިވެހި ފުލުހުންގެ ޙިދުމަތް# މެޑަމް ސާޖިދާ މުޙައްމަދު# ފުލުހުން

ފޮޓޯ: ރައީސް އޮފީސް

"މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ"ގެ ތިންވަނަ ދައުރު އިފްތިތާހުކޮށްފިއެވެ.

THE TRAVELLER AD

އިސްކަންދަރުކޮށީގައި ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ހަފުލާގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން އިއްޒަތްތެރިން ބައިވެރިވެލެއްވިއެވެ.

މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މީގެ ކުރިން ފުލުހުންގެ ހިދުމަތަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަ ދާއިރާއެއްކަމަށް ބެލެވުނުނަމަވެސް މިއަދު އެ ވިސްނުން ބަދަލުކޮށް އަންހެނުންގެ ފުރިހަމަ ބައިވެރިވުން ކަށަވަރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އަދި ފުލުހުންގެ ހިދުމަތުގައި އަންހެނުން އިތުރުވުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމުކުރުން ނޫންކަމަށާއި، އަންހެން އޮފިސަރުންގެ ބައިވެރިވުން ބޮޑުވުމަކީ މުޖުތަމައުގައި އާންމުންގެ އިތުބާރާއި އެއްބާރުލުން އިތުރުވެ، ހާއްސަކޮށް ޖިންސީ އަނިޔާއާއި ގެވެށި އަނިޔާފަދަ ނާޒުކު އަދި ހައްސާސް މައްސަލަތަކަށް ދެވޭ އިޖާބަ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، އަންހެނުން މިދާއިރާއަށް ޝައުގުވެރިކުރުވައި އެ ކަނބަލުންނަށް ވަޒީފާގައި ދެމިތިބެވޭނެ ފަދަ އާއިލީ ޒިންމާތަކާއި ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒުކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.

އަދި ހަމައެކަނި އިދާރީ މަސައްކަތްތަކުގައި އަންހެނުން ދެމިތިބުމުގެ ބަދަލުގައި ފްރަންޓްލައިން އޮޕަރޭޝަންތަކުގައާއި މައްސަލަތައް ތަހުގީގުކުރުމުގައާއި ޓެކްނިކަލް ދާއިރާތަކުން އަންހެން އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭކަން އެކަމަނާ ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC