
-
ކޯޓު އަމުރެއްގެ ދަށުން “އަދަދު” ނޫހުގެ އޮފީސް ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން އެތަން ބަލައިފާސްކުރަނީ، އަދަދު ނޫހުން އާއްމުކުރި ރައީސއ ޑރ. މުހައްމަދު މުއިއްޒުގެ ބޮލުގައި “ޒިނޭ”ގެ ތުހުމަތު އަޅުވައި އާއްމުކުރި، “އައިޝާ” ޑޮކިއުމެންޓަރީއާ ގުޅިގެންނެވެ.
މި މައްސަލަ މީޑިއާ ކޮމިޝަނުންވެސް އަންނަނީ ބަލަމުންނެވެ.





